މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވެބްސައިޓް އަޕްގްރޭޑްކޮށްދޭނެ ފަރާތެއް ހޯދުމަށް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވެބްސައިޓް އަޕްގްރޭޑްކޮށްދޭނެ ފަރާތެއް ހޯދުން

މިކޮމިޝަނުގެ ނަންބަރު: OPR/1/2015/19-ފ427(IUL)ފ(27 އެޕްރީލް 2015) އިޢުލާނަށް އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އެކަމަށް އަލުން އިޢުލާން ކުރަމެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވެބްސައިޓް www.broadcom.org.mv އަށް ޒަމާނީ ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކުރުމަށް ބޭނުންވާތީ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި ވެބްސައިޓަށް ގެންނަން ބޭނުންވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ވެބްސައިޓަކީ ޒަމާނީ އަދި މަޢުލޫމާތު ހޯދުމަށް ފަސޭހަ ވެބްސައިޓަކަށް ހެދުން
  2. ސިމްޕަލް އަދި ޔޫޒަރ ފްރެންޑްލީ ވެބްސައިޓަކަށް ހެދުން
  3. ސްމާޓް ފޯނު، ޓެބްލެޓް ފަދަ ތަކެތި ބޭނުންކޮށްގެން ފަސޭހައިން އެކްސެސްކުރެވޭ ވެބްސައިޓަކަށް ހެދުން

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 މޭ 2015 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މި ކޮމިޝަންގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 02 ޖޫން 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 14:00އަށް މި ކޮމިޝަނަށް ހާޒިރުވެވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ. އަދި ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

24 ރަޖަބު 1436

13 މޭ 2015
ހޯދާ