މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިއިދާރާގެ ނަންބަރު: 335/2015/52 (21-04-2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ އަގުކުޑަކޮށް ހުށަހެޅި 2 ފަރާތުން މަސައްކަތަށް ހުށަހެޅި އަންދާސީހިސާބު ބާޠިލުކުރުމަށް އެދިފައިވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން ކުނިކޮށީގެ އެއްކޮޅުގައި ގޯނި ތޮށްޓެއް ލުމާއި، އެތެރޭގައި ކޮންކްރީޓް ތަޅުމެއް އެޅުމާއި، ކުނިއަންދާ އަށިގަނޑު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 މޭ 2015 ވާ އަންގާރަ ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.

އަދި އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި މީހަކު ފޮނުވާނަމަ ވެރިފަރާތުގެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.

24 ރަޖަބު 1436

13 މޭ 2015
ހޯދާ