މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސަރވިސް އޮފިސަރ

ޢިޢުލާން

ވަޒީފާގެ ފުރުޞަތު: 

މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ހޯދަން ބޭނުންވެއްޖެއެވެ.

   މަޤާމް

  • މަޤާމުގެ ނަން:            މުނިސިޕަލް ސަރވިސް އޮފިސަރ
  • މަޤާމުގެ ގިންތި:           ދާއިމީ
  • މަޤާމުގެ ރޭންކް:           އެމް. އެސް. 1 (މެނޭޖީރިއަލް ސަރވިސް 1)
  • މަޤާމުގެ ކްލެސިފިކޭޝަން:     ޓެކްނިކަލް އޮފިސަރ ގްރޭޑް 1
  • ބޭނުންވާ އަދަދު:           1 (އެކެއް)
  • ވަޒީފާ އަދާކުރަންޖެހޭ ތަން:     ކެންދޫ ކައުންސިލްގެ އިދާރާ

މަޤާމުގެ މުސާރައާއި ޢިނާޔަތްތައް:

  • މުސާރަ:               މަހަކު -/5610 ރުފިޔާ.
  • ސަރވިސް އެލަވަންސް:      މަހަކު -/2000 ރުފިޔާ.
  • އިތުރުގަޑީގެ ފައިސާ:       އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާފަދަ، ސިވިލް ސަރވިސްގރ ޤަވާޢިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.

 މަޤާމުގެ ޝަރުޠުތައް:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތަށް ބޭނުންވާ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިހިވެރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއްް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1. ޢާއްމުންނާ ގުޅުންހުރި އެންމެހައި ކަންތައްތަކާ ގުޅޭގޮތުން ޢާންމުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުން.

2. ރައްޔިތުންނަށް އޮޅުންފިލުވައިދޭންޖެހޭ އެންމެހައި ކަންތައްތައް ރައްޔިތުންނަށް އޮޅުންފިލުވައިދިނުން.

3. ރަށުގެ ބަނދަރާބެހޭ ޤަވާއިދާ އެއްގޮތަށް ރައްޔިތުން ޢަމަލުކުރަމުންދޭތޯ ބަލައި، ބަނދަރުގެ ސާފުތާހިރުކަން ބެލެހެއްޓުން.

4. ރަށުގެ މަގުތަކުގެ ސާފުތާހިރުކަމާއި މަގުތަކާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

5. ބިންބިމާއި ގޯތިގެދޮރާބެހޭ އެންމެހައި މަސައްކަތް ކުރުން.

6. ޤަބުރުސްތާނުން ވިނަ ނޮޅައި، ސާފުކޮށް ބެލެހެއްޓުން.

7. ރަށުގެ ކުޅިވަރުކުޅޭ ބިންތަކާއި އިޖުތިމާޢީ ސަރަޙައްދުތަކުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

8. ރަށުގައި އުފެދޭ ފަނާވާ ކުންޏާއި، ފަނާނުވާ ކުނި މެނޭޖްކޮށް ބެލެހެއްޓުމާއި، ކުނިކޮށި ބެލެހެއްޓުން.

9. އިޖުތިމާޢީ ސަރަޙައްދުތަކުގެ ސާފުތާހިރުކަން ބެލެހެއްޓުން.

10. ދުއްވާއެއްޗެއްސާއި ހިނގާމީހުންނަށް އުނދަގޫވާގޮތަށް މަގުތަކަށް ތިރިވެފައިވާ ގަސްތަކުގެ ކޯޅިތައް ކޮށުވައި، މަގު ބެލެހެއްޓުން.

11. ސަރުކާރާއި ރައްޔިތުންގެ ޢިމާރަތްތަކުގެ އާބަތުރަ ފިލުވައި، އެތަންތަނުގެ ކުލައާއި ދަވާދު އާކޮށް ބެލެހެއްޓުން.

12. އެއްވެސް މީހަކާ ޙަވާލުކުރެވިފައިނުވާ ކަންތައްތަކުގެ ތެރެއިން އޮފީހުގެ ވެރިން ހަވާލުކުރާ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، އިމްތިޙާނުކުރުން އޮންނާނީ، ބ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއާއި އިމްތިޙާނުކުރުން އޮންނަ ދުވަހާއި ގަޑިއާއި ތަނާބެހޭ މަޢުލޫމާތު، 5 ދުވަހުގެ ކުރިން، ވަޒީފާއަށްއެދި ހުށަހަޅާފައިވާ ފަރާތްތަކަށް މި އިދާރާއިން އަންގާނެއެވެ.

- މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަވިއު ކުރެވޭނީ، މި މަޤާމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ ރަގަނޅު ފަރާތްތަކާއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚު:

 މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، 2015 މޭ 31 ވާ  އާދީއްތަ ދުވަހުގެ މެންދުރު 14.00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

3. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމުގެ ބޮންޑެއްގައިހުރި މުވައްޒަފަކު މި އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންގެންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

4. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި މަސައްކަތުގެ އަޚްލާޤް ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚްލާޤްހުރިގޮތް ބަޔާންކުރާ ފޯމު" (ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް (މިއިދާރާގެ މުވައްޒަފުން ފިޔަވައި) މި ފޯމް ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.)

5. ދވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

އިތުރު މަޢުލޫމާތު:

މި ވަޒީފާއަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި އިދާރާއަށް ހާޒިރުވުމުން ނުވަތަ މި އިދާރާގެ 6600004 ނަންބަރު ފޯނާ ގުޅުމުން، މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ރަޖަބު 1436

13 މޭ 2015
ހޯދާ