އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ސީނިއަރ އޮފިސަރ – މެނޭޖިންގ ޑިރެކްޓަރސް ބިޔުރޯ

މި މަޤާމަކީ ކުންފުނީގެ ލިޔެކިޔުންތަކާއި ރިޕޯޓްތައް ލިޔެ ތައްޔާރުކޮށް، މެނޭޖިންގ ޑިރެކްޓަރސް ބިޔުރޯގެ ލިޔެކިޔުންތައް ބެލެހެއްޓުމަށްޓަކައި ޙާއްޞަ މަޤާމެކެވެ. އަދި މީގެ އިތުރުން، ކުންފުނީގެ އިދާރީ ހިންގުމާ ގުޅޭ މަސައްކަތްތައް ކުރުންވެސް މި މަޤާމުގެދަށުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

ވަގުތަށް މަސައްކަތް ނިންމުމާއި، ހެޔޮގޮތުގައި މުވާސަލާތުކުރުމާއި، މަސައްކަތާ ގުޅިގެން ކުއްލިއަކަށް ކުރަންޖެހޭ ކަންކަން ކުރުމާއި، ފަރިތަކަމާއެކު ދިވެހިބަހާއި އިނގިރޭސިބަހުން ޓައިޕްކުރުމަކީ މި މަޤާމަށް ބޭނުންވާ މުހިންމު ސިފަތަކެކެވެ.

މަޤާމުގެ ޝަރުޠު:

- އޯލެވެލް "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

- އިދާރީ މަސައްކަތް ކުރުމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ދިވެހިބަހާއި އިނގިރޭސިބަހުން ލިޔަންކިޔަން ވަރަށް ފަރިތަ ފަރާތަކަށްވުން.

- ދިވެހިބަހާއި އިނގިރޭސިބަހުން ސިޓީއާއި ރިޕޯޓްފަދަ ތަކެތި ލިޔުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- މެނީޖިންގ ޑިރެކްޓަރ ބިޔުރޯގެ މުވައްޒަފުންނާއި މަސައްކަތްތައް ސްޕަވައިޒްކުރުން.

- ކުންފުނީގެ ރިޕޯޓްތައް ލިޔެ ބެލެހެއްޓުން.

- ކުންފުނީގެ ސިޓީތައް ލިޔެ ބެލެހެއްޓުން.

- މެނޭޖިންގ ޑިރެކްޓަރސް ބިޔުރޯގެ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.

- އިދާރީ މަސައްކަތްތައް ކުރުމާއި ބެލެހެއްޓުން.

- މަސައްކަތާ ގުޅުންހުރި އެހެނިހެން ކަންކަންކުރުން.

މުސާރަ:

 ބޭސިކް 8،500.00 ރުފިޔާ + އެލަވަންސްތައް (ޕްރޮބޭސަނަށްފަހު)            

ޝައުޤުވެރިކަން ފާޅުކުރުމުގެ ފަހު ތާރީޚަކީ 2015 މޭ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.

ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ވަނަވަރާއި، ތަޢުލީމީ ސެޓްފިކެޓްތައް، ތިރީގައިވާ އެޑްރެހަށް ހުށަހަޅަންވާނެއެވެ. ނުވަތަ އީމެއިލް އެޑްރެހަށް އީމެއިލްކުރަން ވާނެއެވެ.

އާސަންދަ ކޮމްޕެނީ ލިމިޓެޑް  ފޯން: 1400 301 +960  ފެކްސް: 3636 301 +960

ފެން ބިލްޑިންގ، 3 ވަނަ ފަންގިފިލާ

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]  ވެބްސައިޓް: www.aasandha.mv

ޝަރުޠުހަމަނުވާ ފަރާތްތަކާއި، ސައްޙަނޫން މަޢުލޫމާތުތައް ހިމެނޭ ހުށަހެޅުންތައް ބާޠިލްކުރެވޭނެއެވެ.

18 މޭ 2015
ހޯދާ