އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އެސިސްޓެންޓް އޮފިސަރ – އިންފޮމޭޝަން ސިސްޓަމް

މި މަޤާމަކީ، ކުންފުނީގެ ވެބްސައިޓް ފަރުމާކޮށް، ވެބްސައިޓް ބަލަހައްޓައި، ވެބްސައިޓް އަޕްޑޭޓްކުރުމުގެ މަސައްކަތްކުރަންޖެހޭ މަޤާމެކެވެ. މި ޒަމާނާ އެއްގޮތަށް ކުންފުނީގެ ވެބްސައިޓް ތަރައްޤީކޮށް، ބަލަހައްޓައި، ކުންފުނީގެ އިވެންޓްތަކާއި މަޢުލޫމާތުތައް ޤަވާއިދުން ވެބްސައިޓަށް އަޕްޑޭޓްކުރުން މި މަޤާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

ވަގުތަށް މަސައްކަތް ނިންމުމާއި، ހެޔޮގޮތުގައި މުވާސަލާތުކުރުމާއި، މަސައްކަތާ ގުޅިގެން ކުއްލިއަކަށް ކުރަންޖެހޭ ކަންކަން ކުރުމާއި، ޓެކްނޮލޮޖީއާ ރަޙްމަތްތެރިވުމާއި، ފަރިތަކަމާއެކު ޓައިޕްކުރުމަކީ މި މަޤާމަށް ބޭނުންވާ މުހިންމު ސިފަތަކެކެވެ.

މަޤާމުގެ ޝަރުޠު:

- އޯލެވެލް 5 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

- އޯލެވެލް "އިނގިރޭސި" މާއްދާއިން ދަށްވެގެން "ބީ" ފާސް ލިބިފައިވުން.

- ވެބްސައިޓް ހަދައި، ވެބްސައިޓް ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވުން.

- ވެބްސައިޓް ޑިޒައިނިންގއާއި މެއިންޓެނަންސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ތަޢުލީމް ހާސިލްކޮށްފައިވުން.

- ދިވެހިބަހާއި އިނގިރޭސިބަސް ލިޔެކިޔަން ވަރަށް ފަރިތަ ފަރާތަކަށްވުން.

- ވެބްސައިޓް ހަދައި، ވެބްސައިޓް ބަލަހައްޓައި، ގްރެފިކްސް މަސައްކަތް ކުރާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ސްކީމް ހަރުދަނާކުރުމަށް ވެބްސައިޓް މެދުވެރިކޮށް ކުރާ ހުރިހާ މަސައްކަތެއް ކުރުން.

- ކުންފުނީގެ ވެބްސައިޓް ހަދައި، އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ކުންފުނީގެ އިވެންޓްތަކާއި ޚަބަރުތައް އަޕްލޯޑްކުރުން.

- ޕަބްލިކް ރިލޭޝަން ކަންކަން ކަވަރުކޮށް، މަޢުލޫމާތުތައް ވެބްސައިޓްގައި ހިމެނުން.

- މަސައްކަތާ ގުޅުންހުރި އެހެނިހެން ކަންކަން ކުރުން.

މުސާރަ:

ބޭސިކް 4،200.00 ރުފިޔާ + އެލަވަންސްތައް (ޕްރޮބޭސަނަށްފަހު)            

ޝައުޤުވެރިކަން ފާޅުކުރުމުގެ ފަހު ތާރީޚަކީ 2015 މޭ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.

ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ވަނަވަރާއި، ތަޢުލީމީ ސެޓްފިކެޓްތައް، ތިރީގައިވާ އެޑްރެހަށް ހުށަހަޅަން ނުވަތަ އީމެއިލް އެޑްރެހަށް އީމެއިލްކުރަން ވާނެއެވެ.

އާސަންދަ ކޮމްޕެނީ ލިމިޓެޑް  ފޯން: 1400 301 +960 ފެކްސް: 3636 301 +960

ފެން ބިލްޑިންގ، 3 ވަނަ ފަންގިފިލާ

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected] 

ވެބްސައިޓް: www.aasandha.mv

ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ސައްޙަނޫން މަޢުލޫމާތުތައް ހިމެނޭ ހުށައެޅުންތައް ބާޠިލްކުރެވޭނެއެވެ.

01 ޖަނަވަރީ 1970
ހޯދާ