އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ފައިބަރ އޮޕްޓިކް ކޭބަލެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް

ފައިބަރ އޮޕްޓިކް ކޭބަލެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ކުންފުންނީގެ އެސް.ޓީ.އޯ ޓްރޭޑް ސެންޓަރގައި ހުންނަ އޮފީހާއި ފެން ބިލްޑިންގގައި ހުންނަ އޮފީހާ ދެމެދުގައި ފައިބަރ އޮޕްޓިކް ކޭބަލެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާނަށް ކުރިމަތިލާފައިވާ ފަރާތްތަކުން ހުށަހެޅި ޕްރޮޕޯޒަލްތަކުގައިވާ މަޢުލޫމާތުތައް ފުރިހަމަނުވާތީ، އެޢިއުލާން ބާޠިލުކޮށް އަލުން އެކަމަށް އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 މޭ 19 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 މޭ 2015 ވަނަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ ކޮންފަރެންސްރޫމަށެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މިކުންފުނިން އިރުޝާދުދޭގޮތަކަށެވެ.

25 ރަޖަބު 1436

14 މޭ 2015
ހޯދާ