އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވެހިކަލެއް ހޯދުމަށް

މިކުންފުންޏަށް ވެހިކަލެއް ހޯދަން ބޭނުންވެއްޖެ

މި ކުންފުންޏަށް އެއްގަމު ދުއްވާ ވެހިކަލެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާނަށް އެދެވޭވަރަކަށް ފަރާތްތަކުން ކުރިމަތިލާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެކަމަށް އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 މޭ 19 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 21 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ ކޮންފަރެންސް ރޫމަށެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މިކުންފުނިން އިރުޝާދުދޭގޮތަކަށެވެ.

25 ރަޖަބު 1436

14 މޭ 2015
ހޯދާ