އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޕްރޮޖެކްޓް މެނޭޖަރ (ކޮންޓްރެކްޓް އުސޫލުން)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލަށް ޕްރޮޖެކްޓް މެނޭޖަރުގެ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މީހަކު ބޭނުންވެއްޖެއެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް މީހެކެވެ. އަދި މިފަދަ ފަރާތަކަށް މި ހޮސްޕިޓަލުގެ ވަޒީފާއަށް މަރުޙަބާ ކިޔަމެވެ.

މަޤާމް

ޕްރޮޖެކްޓް މެނޭޖަރ (ކޮންޓްރެކްޓް އުސޫލުން)

ބޭނުންވާ އަދަދު

1 (އެކެއް)

މުސާރަ

މަހަކު -/15000 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިޕާޓްމަންޓް /ސެކްޝަން

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / ސީ. އީ. އޯ. ބިޔުރޯ

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް

މަސައްކަތުގެ މުއްދަތު

1 އަހަރު ދުވަސް (ޕަރފޯމަންސަށް ބެލުމަށްފަހު އަލުން އާކުރެވިދާނެއެވެ.)

މަސައްކަތުގެ ވަގުތު

ދުވާލަކު މަދުވެގެން 7 ގަޑިއިރު (ރަސްމީ ގަޑި)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މި ހޮސްޕިޓަލުގެ 11 ބުރީގެ އިމާރާތުގެ ކަންތައްތައް ބެލެހެއްޓުމާއި، މި ހޮސްޕިޓަލް ރިނޮވޭޓްކުރުމުގެ ޕްރޮޖެކްޓްތައް ރާވައި ހިންގުން.

 

 

ތަޢުލީމާއި ތަޖުރިބާ

 

  • ސިވިލް އިންޖިއަނިރިންގ ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް ނުވަތަ އެޑްވާންސްޑް ޑިޕްލޯމާއެއް ހާސިލުކޮށްފައިވުން.
  • އިންފްރާ ސްޓްރަކްޗަރ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން 10 މިލިއަން ރާއްޖެ ރުފިޔާއަށްވުރެ ކުޑަނޫން އަގެއްގެ މަސައްކަތެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

 

 

 

 

މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

1. ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވުން.

2. ހިންގުންތެރިކަމުގެ ހުނަރު ހުރުން.

3. ދިވެހިބަހާއި، އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.

4. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއްކަމުގައިވުން.

5. ކަންތައްތައް ޙައްލުކުރުމުގައި ބަސްމޮށުންތެރިކަމުގެ ހުނަރު ހުރުން.

6. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

7. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

8. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

9. އެމް. އެސް. އޮފީސް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގުން.  


 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ ފޯމް  (ވަޒީފާއަށް  އެދޭ  ފޯމް،  މި  ހޮސްޕިޓަލުގެ  ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ. އަދި މި ހޮސްޕިޓަލުގެ ވެބްސައިޓުން   (www.igmh.gov.mv ން) ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  7. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމްތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

 

ސުންގަޑި

2015 މޭ 25 ވާ ހޯމަ ދުވަހުގެ 14.30 ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް. 2015 މޭ 25 ވާ ހޯމަ ދުވަހުގެ 14.30 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

- 2015 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ. 

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3335234 ނަންބަރު ފޯނަށެވެ.

 23 ރަޖަބު 1436
12 މޭ 2015
ހޯދާ