އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި މަޤާމްތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމް

އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: SS2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ރިސްކް އެލަވަންސް

-/25 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް /  ޕޮރްކިއުމެންޓް  ސެކްޝަން

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

1. ހޮސްޕިޓަލަށް ގެނެވޭ މުދާ ސްޓޯރަށް ދުވަހުން ދުވަހަށް ހަވާލުކުރުން.

2. އެކިއެކި ފިހާރަތަކުން (ބާޒާރުން) ނަގަންޖެހޭ މުދާ ދުވަހުން ދުވަހަށް ނަގައި، އެތަކެތި ސްޓޯރަށް ހަވާލުކުރުން.

3. ބާޒާރުން ނަގާ މުދަލާ ހަވާލުވުމުގެ ކުރިން އެ މުދަލަކީ، ޕީ އޯ ގައިވާ ގޮތަށް ހުރި މުދާތޯ ރަނގަޅަށް ބަލައި ޗެކްކުރުމަށްފަހު މުދަލާ ހަވާލުވުން.

4. ސެކްޝަނުން ދުވަހުން ދުވަހަށް ބަހަންޖެހޭ ތަކެތި  ( ޕާރޗޭސް އޯޑަރު ފަދަ ތަކެތި) އެފަރާތްތަކަށް ރައްދުކުރުން.

5. މިނިސްޓްރީއާއި، ޑިޕާޓްމަންޓާއި، މިނޫންވެސް ސިޓީ ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުން.

6. ހޮސްޕިޓަލުގެ އެތެރޭގެ ސެކްޝަންތަކަށް ފޮނުވަންޖެހޭ ލިޔުންފަދަ ތަކެތި ގެންގޮސްދިނުން.

 

ތަޢުލީމާއި ތަޖުރިބާ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމަށް  ބޭނުންވާ ތަމްރީނެއް / ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  3. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

 

މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

  (މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަރވިއުއަށް  

    ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)

މަޤާމް

މޭސަން

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 3

ރޭންކް:  SS3

މުސާރަ

މަހަކު -/3875 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ރިސްކް އެލަވަންސް

-/25 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / އެސްޓޭޓް އެންޑް ސަޕޯޓް ސަރވިސް ޑިޕާޓްމަންޓް

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ހޮސްޕިޓަލުގެ ޕްލަމްބިންގެ މަސައްކަތަކާއި، ހޮސްޕިޓަލުގެ މަރާމާތުތައް ކުރުމަށް ރާނައި ސިމެންތި ޖަހަންޖެހޭ ތަންތަނުގައި ރާނައި ސިމެންތިޖެހުން.
  2. ހޮސްޕިޓަލުގެ މަރާމާތުތައް ކުރުމަށް މުށިޖަހަންޖެހޭ ތަންތަނުގައި މުށިޖެހުން.
  3. ހޮސްޕިޓަލުގެ ފާޚާނާތައް ހެދުމާއި، ހޮސްޕިޓަލުގެ ފެންވައިރިންއާއި އަލުން ކުރަންޖެހޭ ފެންވައިރިންގ ޑްރެއިނޭޖް ހޮޅިތަކާއި ސްވަރޭޖް ހޮޅިތައް އަޅައި، ގުޅަންޖެހޭ ޖަންކްޝަންތައް ގުޅުން.
  4. ޕްލަމްބިންގގެ ގޮތުގައި ހިމެނޭ މަސައްކަތްތައް އައި.ޖީ.އެމް.އެޗާއި، ވިލިނގިލީ ޞިއްޙީމަރުކަޒާއި ހުޅުމާލެ ހޮސްޕިޓަލުގެ މަސައްކަތްތައްކުރުން.

 

 

ތައުލީމާއި ތަޖުރިބާ

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

  (މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިއުއަށް  

    ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)

މަޤާމް

ކާޕެންޓަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން:  އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:   GS4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް

-/25 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް /  އެސްޓޭޓް އެންޑް ސަޕޯޓް ސަރވިސް ޑިޕާޓްމަންޓް

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ހޮސްޕިޓަލުގައި ކުރަންޖެހޭ ވަޑާމުގެ ލުއި މަސައްކަތްތައް ކުރުން.
  2. މޭޒުތައް މަރާމާތުކުރުމާއި، ފޮމެކާޖެހުމާއި، ގޮނޑިތައް މަރާމާތުކުރުން.
  3. ހޮސްޕީޓަލުގެ ތަންތަނުގައި އެލްމެނިއަމް ޕާޓިޝަން ޖެހުންފަދަ ކަންތައްތަކާއި، ލަކުޑި ފިލާޖެހުންފަދަ މަސައްކަތްތައް ކުރުން.
  4. ކަބަޑާއި ކައުންޓަރުތައް މަރާމާތުކުރުމާއި، ދޮރުތައް މަރާމާތުކުރުމާއި، ހުޅާއި ތަޅުފަދަ ތަކެތި ހަރުކުރުމުގެ މަސައްކަތްކުރުން.
  5. ވަޑާމުގެގޮތުގައި އައި. ޖީ.އެމް. އެޗާއި ވިލިނގިލީ ޞިއްޙީ މަރުކަޒާއި، ހުޅުމާލޭ ހޮސްޕިޓަލުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

 

 

ތަޢުލީމާއި ތަޖުރިބާ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން. ނުވަތަ؛
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ޑީ ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

  (މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަރވިއުއަށް  

    ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

2015 ވަނަ އަހަރުގެ މޭމަހާއި ޖޫންމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި.

ސުންގަޑި

2015 މޭ 24 ވާ އާދީއްތަ ދުވަހުގެ 14.30 ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް. 2015 މޭ 24 ވާ އާދީއްތަ ދުވަހުގެ 14.30 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިގެ ފައިސާ ލިބޭނެއެވެ.

ފޯމް ބަލައިގަތުމާއި ދޫކުރުން

2015 މޭ 14 ވާ ބުރާސްފަތި ދުވަހުން ފެށިގެން، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރުފަހު 14:30 އަށް.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1. މި މަޤާމްތަކަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ. އަދި މި ހޮސްޕިޓަލުގެ ވެބްސައިޓުން (www.igmh.gov.mv ން) ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. 
  4. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ.
  5. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  6. ލެވެލް ކަނޑައެޅިފައިވާ ސެޓްފިކެޓް ބޭނުންވާ މަޤާމްތަކަށް ހުށަހަޅާއިރު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ހުށަހަޅަންވާނެއެވެ. (ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިމުނުކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓް ހުށަހަޅަންވާނެއެވެ.)
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  8. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  9. ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުން އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  10. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި، ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވުން)
  11. ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލް ސަރވިސްގެ މަޤާމްތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

އިތުރު މައުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ 3335234 ނަންބަރު ފޯނަށެެވެ.

 23 ރަޖަބު 1436

 

12 މޭ 2015
ހޯދާ