މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމް

ސައިންޓިފިކް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:   MS 3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ 35%

ޑިވިޜަން

ފުޑް ކޮންޓްރޯލް ޑިވިޜަން / ރެގިއުލޭޓްރީ ޕްރޮގްރާމްސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭގޮތުން ހަދަންޖެހޭ ޤާނޫނުތަކައި ޤަވާއިދުތަކާއި ސްޓޭންޑަޑްތައް ހެދުމާއި، އެކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ރިސްކް އެނަލަސިސް އެންޑް ޕްރޮޑަކަޓް ރެޖިސްޓްރޭޝަން ސެކްޝަނުގެ ކުރަންޖެހޭ މަސައްކަތް ކުރަން.
  • ފުޑްސޭފްޓީ ޑިވިޜަން ހިންގުމަށް ކަނޑައަޅާ އެކްޝަން ޕްލޭނާއި ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ތަންފީޒުކުރުމަށްޓަކައި އެހީތެރިވެދިނުން.

 

 

 

ތަޢުލީމާއި ތަޖުރިބާ

  1. ފުޑް ސައިންސް ނުވަތަ ފުޑް ޓެކްނޮލޮޖީ ނުވަތަ ބަޔޯޓެކްނޮލޮޖީ ނުވަތަ ބަޔޯސައިންސް ނުވަތަ މައިކްރޯ ބަޔޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ފުޑް ސައިންސް ނުވަތަ ފުޑް ޓެކްނޮލޮޖީ ނުވަތަ ބަޔޯޓެކްނޮލޮޖީ ނުވަތަ ބަޔޯސައިންސް ނުވަތަ މައިކްރޯ ބަޔޮލޮޖީގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ފުޑް ސައިންސް ނުވަތަ ފުޑް ޓެކްނޮލޮޖީ ނުވަތަ ބަޔޯޓެކްނޮލޮޖީ ނުވަތަ ބަޔޯސައިންސް ނުވަތަ މައިކްރޯ ބަޔޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ފުޑް ސައިންސް ނުވަތަ ފުޑް ޓެކްނޮލޮޖީ ނުވަތަ ބަޔޯޓެކްނޮލޮޖީ ނުވަތަ ބަޔޯސައިންސް ނުވަތަ މައިކްރޯ ބަޔޮލޮޖީގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. ފުޑް ސައިންސް ނުވަތަ ފުޑް ޓެކްނޮލޮޖީ ނުވަތަ ބަޔޯޓެކްނޮލޮޖީ ނުވަތަ ބަޔޯސައިންސް ނުވަތަ މައިކްރޯ ބަޔޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމް

ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް

ބޭނުންވާ އަދަދު

1 (އެކެއް)

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:   MS 2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ 35%

ޑިވިޜަން

ފުޑް ކޮންޓްރޯލް ޑިވިޜަން / އޮފިޝަލް ކޮންޓްރޯލް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ރާއްޖޭގައި އުފައްދާ ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި، ރާއްޖެއިން އެކްސްޕޯޓްކުރެވޭ ކާބޯތަކެތި އެކްސްޕޯޓްކުރާ ފަރާތްތަކާއި، އެކްސްޕޯޓް ކުރުމަށްޓަކައި ކާބޯތަކެތި ބަންދުކުރާ ކާރުޚާނާތަކާއި، މަސްވެރިކަންކުރާ އުޅަނދުފަހަރު ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތްވާގޮތުގެމަތިން ބަލައި ފާސްކުރުމާއި، ރަޖިސްޓްރީކުރުމުގެ މަސައްކަތްތައް ކުރުން.
  • އޫރަޕިއަން ޔޫނިއަންގެ ޤައުމުތަކަށް އެކްސްޕޯޓްކުރުމަށް މަސް ބަންދުކުރާ ކާރުޚާނާތަކާއި އެފަދަ ތަންތަން، ކަނޑައެޅިފައިވާ ޔޫރަޕިއަން ޔޫނިއަންގެ ޤަވާއިދާ އެއްގޮތްވާގޮތުގެމަތިން އޯޑިޓްކުރުމުގެ މަސައްކަތްތައް ކުރުން.

 

 

ތަޢުލީމާއި ތަޖުރިބާ

  1. ފުޑް ސައިންސް ނުވަތަ ފުޑް ޓެކްނޮލޮޖީ ނުވަތަ ބަޔޯޓެކްނޮލޮޖީ ނުވަތަ ބަޔޯސައިންސް ނުވަތަ މައިކްރޯ ބަޔޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ފުޑް ސައިންސް ނުވަތަ ފުޑް ޓެކްނޮލޮޖީ ނުވަތަ ބަޔޯޓެކްނޮލޮޖީ ނުވަތަ ބަޔޯސައިންސް ނުވަތަ މައިކްރޯ ބަޔޮލޮޖީގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ފުޑް ސައިންސް ނުވަތަ ފުޑް ޓެކްނޮލޮޖީ ނުވަތަ ބަޔޯޓެކްނޮލޮޖީ ނުވަތަ ބަޔޯސައިންސް ނުވަތަ މައިކްރޯ ބަޔޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

ތަޢުލީމާއި ތަޖުރިބާ

  1. ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސައިންސްގެ ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. ރިސްކް އެކުލެވޭ މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުޞޫލުގެ މަތިން ރިސްކް އެލަވަންސް

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި މިނިސްޓްރީގެ  ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން (www.health.gov.mv ން) ޑައުންލޯޑް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 މޭ 26 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

2015 ވަނަ އަހަރުގެ ޖޫންމަހުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ 3014327 ނަންބަރު ފޯނަށެވެ.

 22 ރަޖަބު 1436
11 މޭ 2015
ހޯދާ