ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ތަރުޖަމާނު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް، ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

ތަރުޖަމާނު

ސެކްޝަން/ޑިޕާޓްމަންޓް:

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް

ބޭނުންވާ އަދަދު:

3 (ތިނެއް)

މަޤާމުގެ ޝަރުޠު:

  1. އިނގިރޭސި ބަސް، ސިންހަޅީ ބަސް، ބަންގާޅިބަސް އެނގުން.
  2. ފަރިތަކަމާއެކު ދިވެހި، އިނގިރޭސި، ސިންހަޅި، ބަންގާޅި ބަހުން ލިޔަން ކިޔަން އެނގުން.
  3. ދެކެވޭ ވާހަކަ އެހެންމީހުންނަށް ރަނގަޅަށް ފަހުމްވާފަދަ ގޮތަށް ބުނެދޭން އެނގުން.
  4. ގަޑިޔަށް ފަރުވާތެރިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބިދޭސީންގެ މައްޗަށް ދަޢުވާލީބޭ މައްސަލަތަކުގެ ތަރުޖަމާކުރުން.

އުޖޫރަ:

މަސައްކަތްކުރާ ގަޑިއިރަކަށް -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ)

މުއްދަތު ހަމަވާ ތާރީޚު:

2015 މޭ 21 ވަނަ ދުވަހުގެ މެންދުރުފަހު 14:00

ހުށަހަޅަންޖެހޭ ތަކެތި:

1. ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީ.

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ.

ނޯޓް:

 އިތުރު މައުލޫމާތު ހޯދުމަށް 3351535 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

22 ރަޖަބު 1436

11 މޭ 2015
ހޯދާ