ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

1- މަޤާމުގެ ނަމާއި، ރޭންކާއި، ކުލެސިފިކޭޝަން:

މަޤާމުގެ ނަން:

މަސައްކަތު

ރޭންކް:

އެސް. އެސް. 1

ކުލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާގެ ގިންތި:

ދާއިމީ

ބޭނުންވާ އަދަދު: 3 (ތިނެއް)

2- މުސާރައާއި، ޢިނާޔަތްތައް:

މުސާރަ:

3100.00 ރުފިޔާ

ސަރވިސް އެލެވަންސް:

1,000.00 ރުފިޔާ

އެހެނިހެން އެލަވަންސްތައް: ސިވިލް ސަރވިސްގެ ޤަވާޢިދުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާ ދެވޭނެއެވެ.

3- މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން:

މަޤާމު އޮތް އޮފީސް / އިދާރާ:

ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ

ސެކްޝަން:

ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ / އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ / ލ. މާވަށު (އަލަށް އިމާރާތްކުރި) މިސްކިތް

4-     މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ޚުލާޞާ:

  • ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓުގެ ކުރިން، ނުވަތަ ކައުންސިލްގެ އިދާރާއިން އަންގަވާގޮތެއްގެމަތިން،  މިސްކިތަށް ގޮސް،  މިސްކިތުގެ އެތެރެ ރަނގަޅަށް ސާފުކުރުމާއި، ޖަމާޢާތުގެ ނަމާދުކޮށް ނިމުމުން، މިސްކިތުގެ ހޮޅިބުރި ފަންކާ ފަދަ ތަކެތި ނިންވުމާއި، ދޮރުތައް ލެއްޕުން.
  • ކައުންސިލްގެ އިދާރާއިން އިންތިޒާމުކުރާ ގޮތެއްގެމަތިން، މިސްކިތް ފޮޅައި ސާފުކުރުމާއި، ފާޚާނާއާއި އިސްކުރުބަރި ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި، މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގެ މިސްކިތާވީފަޅި ކުނިކެހުމާއި، ވިނަ ނޮޅުމާއި، ކުނި އުކާލުމުގެ މަސައްކަތް ކުރުން.
  • މިސްކިތުގެ ވަޅު ހަޑިވިޔަނުދީ ބެލެހެއްޓުމާއި، ވަޅުދިޔަހިއްކުން.
  • ކައުންސިލްގެ އިދާރާއިން އަންގަވާގޮތެއްގެމަތިން އަދި މިސްކިތުގެ އިމާމާއި މުވައްޒަފުގެ ސުޕަވައިޒަރުގެ އިރުޝާދުގެމަތިން،  މިސްކިތުގެ ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ، ކަބަޑުތައް ކޮންމެ ދުވަހަކުވެސް ފޮޅައި ސާފުކުރުމާއި، ހޮޅިބުރިތަކާއި ފަންކާތައް ދިއްލުމާއި ނިއްވުން. 
  • މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން މިސްކިތުގެ އިމާމަށާއި، މުވައްޒަފުގެ ސުޕަވައިޒަރަށާއި، ކައުންސިލްގެ އިދާރާއަށް އަންގަމުން ގެންދިޔުމާއި، މި ގެއްލުންތައް ރަނގަޅުކުރުމަށްޓަކައި ކުރަން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން. 
  • ކައުންސިލްގެ އިދާރާއާއި، މުވައްޒަފުގެ ސުޕަވައިޒަރާއި، މިސްކިތުގެ އިމާމް ހަމަޖައްސާގޮތެއްގެމަތިން، މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދައި، ގަސްތައްކޮށައި، ގަސްތަކަށް ފެންދީ، އެ ގަސްތައް ބެލެހެއްޓުން.
  • މިސްކިތުގައި ދީނީ ދަރުސް ދިނުން ފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތައް ހިންގުމަށް ކައުންސިލްގެ އިދާރާއިން އަންގަވާ ގޮތެއްގެމަތިން އަދި މިސްކިތުގެ އިމާމާއި މުވައްޒަފުގެ ސުޕަވައިޒަރު އަންގަވާގޮތެއްގެމަތިން ފުރިހަމަ އެއްބާރުލުން ދިނުން.
  • މިސްކިތާ ގުޅޭގޮތުން ރައްޔިތުން ކުރައްވާ ޝަކުވާ އަޑުއަހައި، އެ ޝަކުވާތައް، މިސްކިތުގެ އިމާމާއި، މުވައްޒަފުގެ ސުޕަވައިޒަރާ ހިއްސާކޮށް، އެ ކަންތައްތައް ރަނގަޅުކުރުމަށް ފުރިހަމަޔަށް މަސައްކަތްކުރުން.
  • މި މަޤާމުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން މިސްކިތުގައި ކުރަންޖެހޭ އެހެނިހެން މަސއްކަތްތައް، ކައުންސިލްގެ އިދާރާއިން އަންގާގޮތެއްގެ މަތިން ކުރުމަށް ފުރިހަމަޔަށް އެއްބާރުލުން ދިނުން.

5- މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވުން.

6- ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނީ، ތިރީގައިމިވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.
  • ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނީ، ސިވިލް ސަރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް – 1 އޭޕްރީލް 2013 ގައިވާ ސަޕޯޓް ސަރވިސް މަޤާމުތަކަށް މުވައްޒަފުން ޢައްޔަންކުރުމުގެ ކުރައިޓީރިއާ ( އެސް. އެސް. 1 އިން އެސް. އެސް. 5 އަށް ) ގައިވާ ގޮތުގެ މަތިންނެވެ. މިގޮތުން:

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

ދެވޭނެ އެންމެ މަތީ މާކްސް

ކަނޑައެޅިފައިވާ އިންސައްތަ

ވަޒީފާގެ ޝަރުޠު

ވަޒީފާގެ ޝަރުޠު ފުރިހަމަވުން

25

12

25

12

ތަޢުލީމާއި ތަމްރީން

ލިބިފައިވާ އިތުރު ތަޢުލީމް

25

12

55

26

ވަޒީފާގެ ދާއިރާއާއި ގުޅޭ ކުރު ތަމްރީން

30

14

މަސައްކަތުގެ ތަޖުރިބާ

ވަޒީފާއާއި ގުޅޭ މަސައްކަތު ތަޖްރިބާ

20

9.5

30

14

އެހެނިހެން މަސައްކަތު ތަޖްރިބާ

10

4.5

ލިބިފައިވާ ހުނަރު

އިންޓަވިއު / ޕްރެކްޓިކަލްސް

100

48

100

48

ޖުމްލަ

210

100

210

100

7- މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތުތަކާއި އޮންނާނެ ތަން:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވަނީ، 25 މޭ 2015 އިން 11 ޖޫން 2015 ގެ ނިޔަލަށް ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއު ބޭއްވުމަށް ކަނޑައަޅާ ދުވަސް މި މުއްދަތުގެ ތެރޭގައި، އިންޓަވިއުއަށް ހާޒިރުވުމުގެ 24 ގަޑިއިރުގެ ކުރިން ލިޔުމަކުން އެންގޭނެއެވެ.

8- މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2015 މޭ 24 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ފޯމާއިއެކު ހުށަހަޅަށްޖެހޭ ލިޔުންތައް، ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. ސުންގަނޑި ހަމަވުމުގެފަހުން ހުށަހަޅާ އެއްވެސް ފޯމެއްވެސް، ލިޔުމެއް ބަލައެއް ނުގަނެވޭނެއެވެ.

9- ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބުސައިޓުންނެވެ.

2. ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

3. މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

10- އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، އަމަލުކުރަންވީގޮތް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6800718 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6800718 އެވެ.  އީ މެއިލް ކުރާނީ [email protected] އަށެވެ.

22 ރަޖަބު 1436

11 މޭ 2015
ހޯދާ