ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ހުޅުމާލޭގައި ޓެކްސީ ކުރުމުގެ ހުއްދަ ދޫކުރުމާބެހޭ

ހުޅުމާލޭގައި ޓެކްސީ ކުރުމުގެ ހުއްދަ ދޫކުރުމާބެހޭ

ހުޅުމާލޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފަސޭހަކުރުމަށްޓަކައި ޓެކްސީ ހުއްދައަށް އެދުމުގެ އިތުރު ފުރުޞަތުތަކެއް ހުޅުވާލަމެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 5 (ފަހެއް) ޓެކްސީ ހުއްދައެވެ. މިކަމަށް އެދި ހުށަހަޅާ ފޯމު މި ކޯޕަރޭޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައި މިވަނީއެވެ.

މަޢުލޫމާތު:

  • މިކަމަށް އެދި ހުށަހަޅަންވާނީ މިކޯޕަރޭޝަނުން ދޫކުރާ " ހުޅުމާލޭގައި ޓެކްސީ ކުރުމުގެ ހުއްދައަށް އެދޭ ފޯމު" އިންނެވެ. މިނޫން ގޮތަކުން މިކަމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުން ބަލައެއްނުގަނެވޭނެއެވެ.
  • ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ އެޗް.ޑީ.ސީ އޮފީސް، 3 ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ ބިލްޑިންގ، ހުވަނދުމާ ހިނގުން، ހުޅުމާލެއިންނެވެ.
  • ފޯމު ހުށަހަޅާ ފަރާތްތަކުގެތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 5 (ފަހެއް) އަށް ވުރެ ގިނަ ވެއްޖެނަމަ މި ހުއްދަ ދޫކުރާނެ 05 (ފަހެއް) ފަރާތް ހޮވާނީ ގުރުއަތު ލައިގެންނެވެ. މީގެއިތުރުން 5 (ފަހެއް) ފަރާތެއް ވެއިޓް ލިސްޓަށް ހޮވޭނެއެވެ.
  • މިކަމަށް މިކޯޕަރޭޝަނުން އެއްވެސް ފީއެއް ނުނަގާނެއެވެ.

ޝަރުޠުތައް    

 

  • ޓެކްސީ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް:

(ހ) ހުޅުމާލެއިން (އިންޑަސްޓްރިއަލް ނޫން) ގޯއްޗެއް، ފްލެޓެއް ނުވަތަ ރޯހައުސް އެއް ލިބިފައިވާ ފަރާތެއްކަމުގައިވުން.

(ށ) ހުޅުމާލޭގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުޅުމާލޭގައި ދިރިއުޅޭމީހެއް ކަމުގައިވުން.

(ނ) މީގެ ކުރިން ހުޅުމާލޭގައި ޓެކްސީކުރުމަށް ނުވަތަ ޓެކްސީ ސެންޓަރ ހިންގުމުގެ ހުއްދަ އެއް ލިބިފައިވާ ފަރާތެއްކަމުގައި ނުވުން.

  • ޓެކްސީ ކުރަން ހުށަހަޅާ އުޅަނދުގައި ހުންނަންޖެހޭ ޝަރުޠުތައް.

(ހ) ހުށަހަޅާ އުޅަނދަކީ އުފުލޭ މީހުންގެ ޢަދަދު 4 (ހަތަރެއް) ކަމަށް ވެހިކަލް ރަޖިސްޓަރީގައި ކަނޑައެޅި ބަޔާންކުރެވިފައިވާ، ޑިކީ ހުރި 4 (ހަތަރެއް) ދޮރުފަތްލީ، ކާރެއްކަމުގައި ވުން.

(ށ) ހައިބްރިޑް ކާރަކަށްވުން. (މީގެ ސަބަބުން ޕެޓްރޯލް ޚަރަދު ކުޑަވެ ހުޅުމާލޭގެ ތިމާވެށި ސާފުތާހިރުކޮށް ދަމަހައްޓައިދޭނެ)

(ނ) ކާރު އުފެއްދި ތާރީޚުން ފެށިގެން 30 ޑިސެންބަރު 2015 އާހަމައަށް 5 (ފަސް) އަހަރު ނުވުން.

(ރ) ތިރީގައި (4 ވަނަ ނަންބަރުގައި) އެވާގޮތަށް ޚިދުމަތް ފެށުމުގެ ކުރިން ހުއްދައަށް އެދޭ ފަރާތުގެ ނަމުގައި ކާރު ރަޖިސްޓަރީ ކުރުން.

(ބ) ރޯޑްވާދިނަސް ހަމަވެފައި ނުވުން.

(ޅ) ކާރުގެ ދޮރުފަތްތަކާއި ވިންޑް ޝީލްޑްގެ ބިއްލޫރިއަކީ އެތެރޭގައި ތިބޭ މީހުން ނުފެންނަ ވަރަށް އަދިރިކޮށް ހުންނަ ބިއްލޫރިއަށް ނުވުން.

  • ހުޅުމާލެއަށް ވެހިކަލް އެތެރެކުރުމުގެ ހުއްދަ ދިނުމުގައި މިކޯޕަރޭޝަނުން ގެންގުޅޭ ޢުސޫލުތަކަށް ޢަމަލުކުރެވޭނެއެވެ. *
  • މަތީގައިވާ އެންމެހައި ޝަރުޠުތައް ހަމަވުމާއެކު، ގުރުއަތުން ހޮވޭ ތާރީޚުން ފެށިގެން އެންމެ ލަސް ވެގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ޚިދުމަތް ފެށުން.*

* ކަމާ ގުޅޭގޮތުން އިތުރު ޝަރުޠުތަކާއި މަޢުލޫމާތުތައް މިކޯޕަރޭޝަނުން ދޫކުރާ ފޯމުގައި ހިމެނިފައިވާނެއެވެ.

ސުންގަޑި:

 28 މޭ 2015 ވަނަ ދުވަހުގެ 14:00

މިކަމާގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އާއި 15:00އާ ދެމެދު 3355128 ނުވަތަ 3355153 ނަންބަރު ފޯނަށެވެ.

18 ރަޖަބު 1436

07 މޭ 2015
ހޯދާ