ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާދަޑު ބައެއް މިސްކިތްތަކަށް ތަކެތި ހޯދުމާއި މަރާމާތު ކުރުމާބެހޭ

މާދަޑު ބައެއް މިސްކިތްތަކަށް ތަކެތި ހޯދުމާއި މަރާމާތު ކުރުމާބެހޭ:

ރަމަޟާންމަހަށްޓަކައި މާދަޑުގެ މިސްކިތްތަކަށް ތަކެތި ހޯދުމާއި ބައެއް މަރާމާތުތައް ކުރުމަށް ބޭނުންވެއެވެ.                                                           

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްތައް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 މޭ 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ދެންނެވިފައިވާ ދުވަސްތަކުގެ އެގަޑިތަކުގައި މި އިދާރާގެ މީޓިންގރޫމުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައެއްނުގަންނަވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ތަމްސީލު ކުރެއްވޭނީ އެންމެ ފަރާތެކެވެ.

18 ރަޖަބު 1436

07 މޭ 2015
ހޯދާ