މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މަގުމަތީ ފާރުތަކުގައި ހުއްދަނެތި ކުލަ-ދަވާދު ލުމާއި، ލޯގޯ ފަދަ ތަކެތި ކުރެހުމާބެހޭ

ސަރުކާރުގެ އޮފީސްތަކުގެ ޢިމާރާތްތަކާއި ދައުލަތުގެ މުއައްސަސާތަކަށް ދޫކޮށްފައިވާ ބިންތަކުގެ ފާރުތަކުގައާއި ޢާންމު ރައްޔިތުންގެ ޢިމާރާތްތަކާއި ގޭގޭގެ މަގުމަތީފާރުތަކުގައި އެފާރާތްތަކުގެ ހުއްދަނެތި ކުލައާއި ދަވާދު ލުމާއި، އެކިއެކި ފަރާތްތަކުގެ ލޯގޯ އާއި ތަފާތު ލިޔުންތައް ލިޔަމުންގެންދާކަން ވަނީ ފާހަގަ ކުރެވި، ގިނަ ފަރާތްތަކުގެ ޝަކުވާ ލިބިފައެވެ. 

މިގޮތަށް އެކިފަރާތްތަކުން ޢަމަލު ކުރުމުގެ ސަބަބުން އެކަންކަން ރަނގަޅު ކުރުމަށްޓަކައި ދައުލަތުގެ ތަންތަނަށް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ޚަރަދެއް ކުރަންޖެހެއެވެ.

މިކަމަކީ ޤާނޫނީގޮތުން މަނާކަމެއް ކަމުގައިވާތީ، މިފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންގެންދާނެ ވާހަކަ ދަންނަވަމެވެ. އަދި ކުރިއަށްއޮތްތާގައި މިފަދަ ޢަމަލުތައް ނުހިންގުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށް އަންގަމެވެ.

                 9 ޝަޢުބާން 1434

18 ޖޫން 2013
ހޯދާ