މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އޮތޯރިޓީއަށް ތިރީގައި މިވާ މަޤާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

ސީނިއަރ އޮފިސަރ، ޕްލޭނިންގ އެންޑް ސްޓެޓިސްޓިކްސް (ލެވަލް 1 )

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ ޑިވިޜަން/ ސެކްޝަން:

ޓެކްނިކަލް އެންޑް ޕަބްލިކް އެވެއަރނަސް ޑިޕާޓްމަންޓް/ ޓެކްނިކަލް އެންޑް ޕްލޭނިންގ ޑިވިޜަން/ ޕްލޭނިންގ އެންޑް ސްޓެޓިސްޓިކްސްސެކްޝަން

އަސާސީ މުސާރަ:

-/7,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ލިވިންގ އެލަވަންސް: -/2,500 ރުފިޔާ

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/175 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކުހާބެހޭ ސިޔާސަތުތައް ކަނޑައަޅަން ބޭނުންވާ ފަންނީ ލަފާ ދިނުމަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުމާއި، އެ ފަދަ ސިޔާސަތުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުމާއި، މީރާގެ އާމްދަނީގެ ތަފާސްހިސާބު ދިރާސާކޮށް ބެލެހެއްޓުމާއި، ކަމާގުޅޭ މަސައްކަތްތައް ކުރުން.

ޝަރުޠު: އެކައުންޓިންގ، ފައިނޭންސް، ނުވަތަ ބިޒްނަސްއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން

މަޤާމު:

ސީނިއަރ އޮފިސަރ، ޓެކްނިކަލް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ ޑިވިޜަން/ ސެކްޝަން:

ޓެކްނިކަލް އެންޑް ޕަބްލިކް އެވެއަރނަސް ޑިޕާޓްމަންޓް/ ޓެކްނިކަލް އެންޑް ޕްލޭނިންގ ޑިވިޜަން/ ޓެކްނިކަލް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް ސެކްޝަން

އަސާސީ މުސާރަ:

-/7,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ލިވިންގ އެލަވަންސް:-/2,500 ރުފިޔާ

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/175 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކުހާ ގުޅޭގޮތުން ނެރެންޖެހޭ ޓެކްސް ރޫލިންގތަކާއި ސަރކިއުލަރތައް ތައްޔާރުކޮށް ނެރުމާއި، އޮތޯރިޓީގެ ބޭނުމަށް ހަދަންޖެހޭ ޤާނޫނުތަކުގެ ބިލްތަކާއި ގަވާއިދުތަކާއި އުސޫލުތައް ތައްޔާރުކުރުމާއި، ޓެކްސް މުއާހަދާތަކާއި އެހެނިހެން ޓެކްނިކަލް ލިޔުންތައް ތައްޔާރުކުރުމާއި، ބޭރުގެ އެކި ޖަމާޢަތްތަކާއި ޓެކްސް އިދާރާތަކާއި ކުރެވޭ މުއާމަލާތުތަކުގެ ލިޔުންތައް ތައްޔާރު ކުރުމާއި އެ އިދާރާތަކާ ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން.

ޝަރުޠު: އެކައުންޓިންގ، ފައިނޭންސް، ނުވަތަ ޓެކުހާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން

އެހެނިހެން ޝަރުޠުތައް

  • މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާ ފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  • ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ހަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  • ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  • އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  • ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
  • ވަޒީފާގައި މަދުވެގެން 2 އަހަރު ދުވަހު ދެމިހުންނާނެކަމަށް އިގުރާރުވުން.

މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  • ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ކަރިކިއުލަމް ވިޓާ (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

ނޯޓް:

  • މަތީގައިވާ މަޤާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުޠު ހަމަވާ އަދި ތަޢުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • މި މަޤާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެމަތިން މާރކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 19 މޭ 2015 ގެ 17:00 ގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 1415، ފެކްސް: 3316577

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

17 ރަޖަބު 1436 

06 މޭ 2015
ހޯދާ