ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ފުރުޤާނަށް ބައެއް އިތުރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މަސްޖިދުލް ފުރުޤާނަށް ބައެއް އިތުރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މިރަށު މަސްޖިދުލް ފުރުޤާން (ކުރިގަމު އަވަށު މިސްކިތް) ގެ ޖާގައިގެ ދަތިކަން ފޯރަމުންދާތީ މިސްކިތާ ގުޅުވައިގެން 13x32 ފޫޓުގެ ބޮޑުމިނުގައި ބައެއް އިތުރުކުރުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL(AD)/2015/20-ފ401 (28 އެޕްރީލް 2015) އިޢުލާނަށް ޝައުޤުވެރިކަން ފާޅުކޮށް މަޢުލޫމާތު ސާފުކޮށްފައިވަނީ މަދު ފަރާތްތަކަކުން ކަމަށްވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 މޭ 2015 (ހޯމަ) ދުވަހުގެ 14:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް، 17 މޭ 2015 (އާދީއްތަ) ދުވަހުގެ 14:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ އަންދާސހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިކައުންސިލްގެ ނަންބަރު 6800082 ފޯނަށް ގުޅުއްވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.

16 ރަޖަބު 1436

05 މޭ 2015
ހޯދާ