ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ރިފްރަޝްމަންޓް ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ 2015 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ރިފްރަޝްމަންޓް ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މި ސްކޫލުގެ JS-B/2015/26 ނަންބަރު އިޢުލާނާ ގުޅިގެން ދޫކުރެވުނު މަޢުލޫމާތާ އެއްގޮތަށް އަގު ހުށަހަޅަން ހާޒިރުވީ އެންމެ ފަރާތަކުން ކަމަށްވާތީ، އަލުން އިނާމު ދިނުމުގެ ޖަލްސާގެ ރިފްރަޝްމަންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ފުރުޞަތު ހުޅުވާލިވާހަކަ ދެންނެވީމެވެ.

ވީމާ، މި ސްކޫލުން ދެވޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގެ 2015 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ރިފްރަޝްމަންޓް ތައްޔާރުކޮށްދޭން އެދިވަޑައިގަންނަވާ ފަރާތްތަކުން 10 މެ 2015 ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 މޭ 2015 ދުވަހުގެ 10:00 އަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

16 ރަޖަބު 1436

05 މޭ 2015
ހޯދާ