މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޭބަލްޓީވީގެ ޚިދުމަތް ދިނުމަށް ހުޅުވާލުމާ ގުޅޭ

ކޭބަލްޓީވީގެ ޚިދުމަތް ދިނުމަށް ހުޅުވާލުމާ ގުޅޭ

މިރަށުގައި ކޭބަލްޓީވީގެ ޚިދުމަތް ދިނުމަށް އެދި ބައެއް ފަރާތްތަކުން ހުށަހަޅުއްވަމުންދާތީ، މި ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 މޭ 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މި އިދާރާއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

ތިރީގައިވާ ޙާލަތްތަކުގައި ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

- މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯޒަލް

- ފެކްސް މެދުވެރިކޮށް ހުށަހަޅާ ޕްރޮޕޯޒަލް

- ގަޑިޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯޒަލް

- މަޢުލޫމާތު ފުރިހަމަ ނުވާ ޕްރޮޕޯޒަލްތަކާއި، މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައި ނުވާ ޕްރޮޕޯޒަލް ބާޠިލުވާނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 ން މެންދުރުފަހުގެ 14:30 އާ ދެމެދު މިއިދާރާގެ ނަންބަރު 6580015 ފޯނަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

16 ރަޖަބު 1436

05 މޭ 2015
ހޯދާ