މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލިފްޓު ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ތިރީގައި ބަޔާންކުރެވިފައިވާ މިއިދާރާގެ އިމާރާތްތަކުގައި ބަހައްޓާފައިވާ ލިފްޓުތައް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއެވެ.

  • އެދުރުހިޔާ (2 ލިފްޓް- Sigma)
  • ވ.އެދުރުވެހި (2 ލިފްޓް- Otis)
  • ފިލާ ބިންޑިންގ 1 (1 ލިފްޓް- Otis)
  • ފިލާ ބިންޑިންގ 2 (1 ލިފްޓް- Mitsubishi)

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 12 މޭ 2015 ވާ އަންގާރަދުވަހުގެ 10:00 އަށް ތައުލީމީ ފަންޑު / މިނިސްޓްރީ އޮފް އެޑިޔުކޭޝަން / އެދުރުހިޔާ 1 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު "މަސައްކަތްކުރުމަށް އެދި ހުށަހަޅުއްވާ ފަރާތުގެ މަޢުލޫމާތު ފޯމު" އާއެކު 17 މޭ 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާ 1 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 3341192 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

16 ރަޖަބު 1436     

05 މޭ 2015
ހޯދާ