ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ޑިޕޮޒިޓް ފައިސާ ބަލައިގަތުމާބެހޭ

މި ޑިޕާޓްމަންޓަށް ޚިދުމަތް ހޯދުމަށް އަންނަ ބައެއް ދިވެހިން މެދުވެރިކޮށް ޑިޕޮޒިޓް ފައިސާ ދެއްކުމުގައި ބިދޭސީ މަސައްކަތު މީހުން ޙަރަކާތްތެރިވަމުންދާ ކަމަށް މި ޑިޕާޓްމަންޓަށް ފާހަގަކުރެވިފައިވާތީ، 1 ޖޫން 2015 ވާ ހޯމަ ދުވަހުން ފެށިގެން މި ޑިޕާޓްމަންޓަށް ޑިޕޮޒިޓް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކުން މި ޑިޕާޓްމަންޓަށް ހާޒިރުވުމުން ކަމުގައި ހަމަޖައްސައި، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ޑިޕޮޒިޓް ޕޭމަންޓް ސްލިޕްގައި ބަޔާންކުރައްވާފައިވާ ވަޒީފާ ދޭ ފަރާތް.

ޑިޕޮޒިޓް ޕޭމަންޓް ސްލިޕްގައި ބަޔާންކުރައްވާފައިވާ ވަޒީފާ ދޭ ފަރާތުގެ މަސައްކަތްކުރުމަށް އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރިލޭޝަން ހަދާފައިވާ ފަރާތް ނުވަތަ ރިލޭޝަން ހަދާފައިވާ އެމްޕްލޯއިމަންޓް އޭޖެންސީ ތަމްސީލުކުރާ ފަރާތްތައް

ޑިޕޮޒިޓް ޕޭމަންޓް ސްލިޕްގައި ބަޔާންކުރައްވާފައިވާ ވަޒީފާ ދޭ ފަރާތަކީ ކުންފުންޏެއް ނަމަ، އެ ކުންފުނީގެ މުވައްޒަފެއްކަން އަންގައިދޭ ފޮޓޯޖެހި ލިޔުމެއް އޮތް ފަރާތްތައް.

އަދި ދަންނަވަމެވެ. މިފަދަ ކަންތައްތަކުގައި ތިޔަ ފަރާތްތަކުން ދެއްވަމުން ގެންދަވާ ފުރިހަމަ އެއްބާރުލެއްވުން ފާހަގަކޮށް، އެކަމަށްޓަކައި ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

10 ރަޖަބު 1436     

29 އޭޕްރިލް 2015
ހޯދާ