ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ޕްރިންޓަރ ގަންނަން

ޕްރިންޓަރ ގަންނަން ބޭނުންވެއްޖެ:

މި ބިއުރޯއަށް ތިރީގައި މި ދަންނަވާ ތަކެތި ގަންނަން ބޭނުންވެއްޖެއެވެ:

- 8 ޕްރިންޓަރ

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 މޭ 7 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް، ފިނޭންސް ބިލްޑިންގއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 މޭ 11 ވާ ހޯމަ ދުވަހުގެ 13:30 އަށް މި ބިއުރޯއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މި ބިއުރޯއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ނަންބަރު. 3349397، 3349394 ، 3349489 ފޯނާ ގުޅުއްވުން އެދެމެވެ.

11 ރަޖަބު 1436

30 އޭޕްރިލް 2015
ހޯދާ