ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރ
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

މަޤާމު

އޮފީސް އެސިސްޓެންޓް

ރޭންކް/ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 2  (އެސް.އެސް 2)

ސަރވިސް

ސަޕޯޓް ސާރވިސް   

ޑިޕާޓްމަންޓް/ ސެކްޝަން

އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭންސް

ބޭނުންވާ އަދަދު

1

މުސާރަ

-/3470 ރުފިޔާ

ސަރވިސް އެލަވަންސް

-/1000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ތަޢުލީމާއި ތަޖުރިބާ

 • މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
 • މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސްއެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތު

 • ދިމާވާ ކުއްލި ހާލަތްތަކުގަ މިސެންޓަރުން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ނިކުމެވޭ ގޮތަށް ހުރުމާއި، އޮފީހުގެ އިދާރީ ކަންކަމުގައި އެހީތެރިވެދިނުން.
 • ރަސްމީ ދުވަސްތަކުގައާއި ބަންދު ދުވަސް ދުވަހު އޮފީސް ހުޅުވުމާއި ބަންދުކުރުމުގެ މަސައްކަތް އޮފީހުން އަންގާ ގޮތަކަށް ކުރުން.
 • މިސެންޓަރުން ރައްދުކުރަންޖެހޭ ސިޓީ/ ނޯޓް/ ޗެކްފަދަ ތަކެތި، ރައްދުކުރަންޖެހޭ ފަރާތަކަށް ރައްދުކުރުމުގެ މަސައްކަތްތައް ކުރުން.
 • މިސެންޓަރުގެ ބޭނުމަށް ހޯދަންޖެހޭ އެންމެހާ ތަކެތި ގަތުމަށްޓަކައި އަގުހޯދުމާއި، ތަކެތިގަންނަޖެހިއްޖެނަމަ، އެތަކެތި ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން ގެނެސް އެކަމާބެހޭ ފަރާތްތަކާއި ހަވާލުކުރުން.
 • މިސެންޓަރުގެ އިމާރާތުގެ މަރާމާތުތައް އޮފީހުން އަންގާގޮތުގެމަތީން ކުރުމާއި، އެއަރކޯން، ފަންކާ އަދި ސާފުކުރުމާ ގުޅޭ މަސައްކަތްތައް ކުރަމުންދާގޮތް ބެލެހެއްޓުމާއި ކުރުން.
 • މީގެއިތުރުން އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީތާރީޚާއި ތަން

12 މޭ 2015 ވާ އަންގާރަ ދުވަހު 15:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ، މާލެ/ ރިހިޖެހި ކޮށި.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 • ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެންހުންނާނެ).
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
 • ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ.
 • ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ).
 • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދި ޚިދުމަތުގައި ދެމިތިބި މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، އެތަންތަނުގައި ވަޒީފާ އަދާކުރިގޮތުގެ ލިޔުންތައް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 • ލިބިފައިވާ ތަމްރީނާއި މަސައްކަތު ތަޖުރިބާ
 • މަސައްކަތު އަޚުލާޤު
 • މަސައްކަތްކުރުމުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް
 • ގިނަވަގުތު މަސައްކަތުގައި އުޅެވޭނޭ މީހަކު ކަމުގައިވުން.
 • ސައިކަލް ނުވަތަ ބައިސްކަލް ދުއްވާ މީހެއްކަމުގައިވުން.

އިންޓަވިއު ކުރުން

މިމަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 18 މޭ 2015 ދުވަހުން ފެށިގެން މިސެންޓަރުގައެވެ. އަދި އިންޓަރވިއު އޮންނަ ތާރީޚުގެ 2 ދުވަސް ކުރިން އެމީހަކަށް އަންގާނަމެވެ.

ނޯޓް: މިވަޒީފާއަށް އެދިލައްވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އަދި އިންޓަވިއު ކުރާނީ ޝޯޓްލިސްޓް ކުރެވުނު 10 ފަރާތާއެވެ.

މަސައްކަތް ކުރަންޖެހޭ ތަން

މި މަޤާމުތަކުގައި ވަޒީފާ އަދާކުރާމުވައްޒަފުން ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭނީ މާލޭގައެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3333425 ނަންބަރު ފޯނާއެވެ.

08 ރަޖަބު 1436

27 އޭޕްރިލް 2015
ހޯދާ