މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕޯސްޓްމަން ޓްރެއިނީ

މަޤާމު:

ޕޯސްޓްމަން ޓްރެއިނީ

ބޭނުންވާ އަދަދު:

01

މުސާރަ:

 • 4122.00 ރުފިޔާ (ހަތަރުހާސް އެއް ސަތޭކަ ބާވީސް ރުފިޔާ)
 • އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.

އެލަވަންސް:

 • 1860.00 ރުފިޔާ
 • މެއިލް އެލަވަންސް: ކަނޑައެޅިފައިވާ މިންގަނޑަށް ބަހާނަމަ، ހަމަޖެހިފައިވާ އުސޫލުގެ މަތިން މެއިލް އެލަވަންސް ލިބޭނެއެވެ.
 • އަމިއްލަ ސައިކަލުގައި މަސައްކަތްކުރާނަމަ ޕެޓްރޯލް އެލަވަންސް ދެވޭނެއެވެ.

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިޕާރޓްމަންޓް:

ހުޅުމާލެ ޕޯސްޓް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

 • ދަށްވެގެން ގްރޭޑް ހަތެއްގެ ފެންވަރުހުރުމާއެކު ކުރެވޭ އިންޓަރވިއުއަކުން ފާސްވުން. ނުވަތަ،
 •  އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ލިޔެފައި ހުންނަ އެއްޗެތި ލިޔަން އަދި ކިޔަން ފަރިތަކަމާއެކު އެނގުމާއެކު ކުރެވޭ އިންޓަރވިއުއިން ފާސްވުން.
 • ހުޅުމާލެއާއި މާލޭގެ ގެތަކާއި/ އެޑްރެސް އަދި މަގުތަކަށް ފަރިތަވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
 • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
 • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއް ހުރި މީހަކަށްވުން.
 • ބަރުތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭ މީހަކުކަމުގައިވުން.
 • އަމިއްލަ ދުއްވާއެއްޗެއްގައި މެއިލްބެހޭ ފަދަ މީހަކަށްވުން.
 • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިއުލާން ނަންބަރާއެކު ގުޅޭނެ ފޯން)
 • މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 • ވަޒީފާގައި މިހާރު އުޅުއްވާ ފަރާތެއްނަމަ ނުވަތަ ކުރިން ވަޒީފާއެއްގައި އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ހުށަހަޅުއްވަންޖެހޭ ލިޔުންތަކާއެކު 03 މޭ 2015 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން ޕޯސްޓް ބިލްޑިންގގެ 3 ވަނަ ފްލޯރއަށް ވަޑައިގެން އެޗްއާރ ޑިޕާރޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ވަޒީފާއަށް އެދި" މިހެން ޖައްސަވަންވާނެއެވެ. 

އިތުރު މަޢުލޫމާތު:

މިމަޤާމުތަކަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސް ކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009271، 3009272، 3009273

ފެކްސް: 3321559

23 އޭޕްރިލް 2015
ހޯދާ