މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މެޑިކަލް އޮފިސަރ

މި ސަރވިސްއަށް ތިރީގައި މިދަންނަވާ މަގާމަށް ދިވެހިން މުވައްޒަފުން ބޭނުންވެއްޖެ އެވެ.

މަޤާމު

މެޑިކަލް އޮފިސަރ   

ރޭންކް

އެމް.އެސް 4

ކްލެސިފިކޭޝަން

ޑިރެކްޓަރ

މުސާރަ

-/15،090 ރުފިޔާ

ސަރވިސް އެލަވަންސް

-/3،500 ރުފިޔާ

ނޮން ޕްރެލްޓިސް

5,281/50 ރުފިޔާ

ފުޑް އެލަވަންސް

-/1،800 ރުފިޔާ

އެކޮމޮޑޭޝަން

-/2،500 ރުފިޔާ

ބޭނުންވާ އަދަދު

02 (ދޭއް)

ވަޒީފާ އަދާކުރަންޖެހޭ ތަން

މާލެ ޖަލު، މާފުށި ޖަލު އަދި އައްސޭރި ޖަލު.

ޝަރުޠު

 • އެމް.ބީ.ބީ.އެސް ޑިގްރީ ހާސިލުކޮށް ޑިގްރީ ސެޓްފިކެޓް މޯލްޑިވްސް މެޑިކަލް ކައުންސިލުން ޤަބޫލުކޮށްފައިވުން
 • 1 އަހަރު ދުވަހުގެ އިންޓާންޝިޕް ލިބިފައިވުން.
 • 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު

 • ޖަލުތަކުގައި ތިބޭ ގައިދީން ހަފުތާއަކު 03 ދުވަހު (އޯ.ޕީ.ޑީ) ގައި ބެލުން
 • ކޮންމެ ހަފުތާއަކު ޖަލުތަކަށް ޒިޔާރަތްކޮށް ބަލި މީހުން ބެލުން ( ހަފުތާއަކު މަދުވެގެން 1 ފަހަރު )
 • ރަސްމީ ޑިއުޓީ ގަޑީގެ އިތުރުން އެމަޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ އެޓެންޑްވުން.
 • ބަންދުގައި ތިބޭ ޤައިދީންގެ ތެރެއިން ޙާއްސަ ބަލިތަކަށް ފަރުވާ ހޯދުމުންދާ ޤައިދީންގެ މަންތްލީ މެޑިކޭޝަން މޮނިޓަރ ކުރުމާއި ފޮލޯއަޕްސް މޮނިޓަރ ކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް

 • ތަޢުލީމާއި ތަމްރީން.
 • ތަޖުރިބާ.

އިންޓަރވިއު

މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭއިންޓަރވިއުއޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 15 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ސުންގަޑި: މި މަޤާމްތަކަށް އެދޭ ފަރާތްތަކުން 06 މޭ 2015 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށައެޅުއްވުން އެދެމެވެ. ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފުލޯ)

މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސަރވިސްގެ ނަންބަރު 3328443 އަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 • ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ www.prisons.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
 • ވަޒީފާއަށް އެދޭ ސިޓީ ( ބިދޭސީއެއްނަމަ )
 • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
 • ޕާސް ޕޯޓް ކޮޕީ އަދި ޕާސް ޕޯޓް ސައިޒް ފޮޓޯ (ބިދޭސީ އެއް ނަމަ)
 • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ.
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 
 • ސިވިލް ސަރވިސް އަށް/ ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން.
 • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުން.

ނޯޓް: އެޕްލިކޭޝަންއާއެކު ހުށައަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.

04 ރަޖަބު 1436

23 އޭޕްރިލް 2015
ހޯދާ