ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ފެތުމުގެ ދާއިރާގެ ވަޒީފާގެ ފުރުޞަތު

މި އެސޯސިއޭޝަނަށް ތިރީގައި ބަޔާންކޮށްފައިވާ ވަޒީފާތަކަށް މީހުންބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 މޭ 2015 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މިއެސޯސިއޭޝަނަށް ވަޒީފާއަށް އެދި ސިޓީ ހުށަހެޅުއްވުން އެދެމެވެ.

މަޤާމު: އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 01

ވަޒީފާ އަދާކުރަންޖެހޭ ތަން: ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، މާލެ

ޝަރުޠު: ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން އިނގިރޭސި ހިމެނޭގޮތަށް މަދުވެގެން 3 'ސީ' ފާސް ލިބިފައިވުން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މިއެސޯސިއޭޝަނަށް އަންނަ އަދި މިއެސޯސިއޭޝަނުން ފޮނުވާ ލިޔެކިޔުންތައް ބެލެހެއްޓުން.
  • މިއެސޯސިއޭޝަނުން ރާވައި ހިންގާ މުބާރާތްތަކާއި ގުޅޭ އިދާރީ މަސައްކަތްތައް ކުރުން.
  • މިއެސޯސިއޭޝަނުން ރާވައި ހިންގާ މުބާރާތްތައް އޮގަނައިޒްކޮށް ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވުން.
  • މިއެސޯސިއޭޝަނުގެ މެމްބަރުންގެ ރަޖިސްޓަރީ ބެލެހެއްޓުން.
  • މިއެސޯސިއޭޝަނުގެ ފަރާތުން އެކި ތަންތަނަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުން.
  • އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންކަން ކުރުން.

މަސައްކަތްކުރަން ޖެހޭ ގަޑިތައް: ސަރުކާރުގެ ރަސްމީ ގަޑިތައް

މުސާރަ: ކޮންމެ މީލާދީ މަހަކު 4000.00 (ހަތަރުހާސް) ރުފިޔާ

ޗުއްޓީއާއި ލީވްގެ ދުވަސްތައް: ސިވިލް ސަރވިސް ގަވާއިދުގައި ބަޔާންކޮށްފައިވާ ޗުއްޓީ ދުވަސްތަކާއި ލީވްތައް ހަމަޖައްސަވައި ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއި އެކު ހުށަހަޅަންޖެހޭ ތަކެތި:

  • އައިޑީކާޑުގެ ކޮޕީ
  • ތައުލީމީ ފެންވަރު އަންގައިދޭ ލިޔުންތަކުގެ ކޮޕީ
  • ސީވީ

ވަޒީފާއަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:

  • ކޮންޕިއުޓަރ ބޭނުންކުރުމަށް އަހުލުވެރިވުން.
  • ފެތުމުގެ ދާއިރާއިން ނުވަތަ ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތައް.

އިތުރު އިނާޔަތްތައް:

  • މި އެސޯސިއޭޝަނުން ރާވައިހިންގާ މުބާރާތްތަކުގައި އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރި ވާނަމަ، އެކަމަށް ކަނޑައެޅިފައިވާ އެލަވަންސްތައް ހަމަޖައްސައި ދެވޭނެއެވެ.
  • ކުޅިވަރާއި ކުޅިވަރުގެ އެޑްމިނިސްޓްރޭޓިވް ދާއިރާއިން ތަޢުލީމު އުނގެނުމަށާއި، ޓްރެއިނިންގތަކަށް މިއެސޯސިއޭޝަނަށް ލިބޭ އެކި އެކި ފުރުޞަތުތަކަށް ނަން ހުށަހެޅުމުގައި މި އެސޯސިއޭޝަނުގެ މުވައްޒަފުންނަށް އިސްކަންދެވޭނެއެވެ.
23 އޭޕްރިލް 2015
ހޯދާ