ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހއ. އަތޮޅު ހޮސްޕިޓަލް މަރާމާތުކުރުމާބެހޭ

ހއ. އަތޮޅު ހޮސްޕިޓަލުގައި ކުރަންހުރި ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި މިހޮސްޕިޓަލްގެ ނަންބަރު HAAH-A(IUL)/2015/16ފ(16 އެޕްރީލް 2015) ގެ އިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި އިޢުލާންކުރީމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 މޭ 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް ހއ. އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހަށް ވަޑައިގެން ނުވަތަ މިނިސްޓްރީ އޮފް ހެލްތު ( ރޯޝަނީ ބިލްޑިންގ ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 މޭ 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް ހއ. އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހަށް ވަޑައިގެން ނުވަތަ މިނިސްޓްރީ އޮފް ހެލްތު ( ރޯޝަނީ ބިލްޑިންގ ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ރަޖަބު 1436               

27 އޭޕްރިލް 2015
ހޯދާ