މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލު ކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: އެސިސްޓެންޓް ޓަރމިނަލް ސަރވިސަސް އޮފިސަރ

ބޭނުންވާ އަދަދު: 02

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ ޓަރމިނަލް ސަރވިސަސް

ޝަރުޠު:

  • އޯލެވެލް 2 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ލިބިފައިވުން.
  • ކަސްޓަމަރ ސަރވިސްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • އުމުރު: އުމުރުންް 18 އާއި 25 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ޓަރމިނަލްގެ އިންފޮމޭޝަން ޑެސްކުގައި މަސައްކަތްކުރުން.
  • ޕަސެންޖަރުންނަށް ފޯރުކޮށްދޭންޖެހޭ ޕަބްލިކް އެނައުންސްމަންޓްތައް ދިނުން.
  • ފްލައިޓް އިންފޮމޭޝަން ޑިސްޕްލޭ އަޕްޑޭޓްކުރުން.
  • ޚާއްޞަ އެހީއަށް ބޭނުންވާ ޕަސެންޖަރުންނަށް (ފުރޮޅުލީ ގޮނޑި އަދި ފުރޮޅުލީ އެނދުގެ ޚިދުމަތްތަކަށް ބޭނުންވާ ފަރާތްތަކާއި، ދުވަސްވީ ފަތުރުވެރިން އަދި ޅަދަރިމައިން ފަދަ ޕަސެެންޖަރުންނަށް) ޚިދުމަތް ދިނުން.

މުސާރަ އާއި އިނާޔަތްތަކަށް: މަހަކު -/9,000 އާއި -/ 10,000 އާ ދެމެދު.

މަޤާމު: އެސިސްޓެންޓް ޑްރާފްޓްސްމަން

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަންޖެހޭ ތަން: ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ޕްރޮޖެކްޓްސް އެންޑް ޕްލޭނިންގ

ޝަރުޠު:

  • ސެޓެފިކްޓް އިން އޮޓޯކޭޑް އޮތުން.
  • މިދާއިރާ އިން މަދުވެގެން 3 އަހަރާއި 5 އަހަރާ ދެމެދުގެ ތަޖުރިބާ ލިބިފައިވުން.
  • އުމުރު : އުމުރުންް 20 އާއި 30 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން.

މުސާރަ އާއި އިނާޔަތްތަކަށް: މަހަކު -/10,000 އާއި -/11,000 އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އިންޖިނިއަރިން ޕްލޭން، އިންފްރާސްޓްރަކްޓަރ ޕްލޭން، އާކިޓެކްޗަރ ޕްލޭންތައް ހިންގުމާއި ހަވާލުވެ ހުންނެވި ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުން.
  • ސާރވޭ ކޮމްޕައިލް ރިޕޯޓު ތައްޔާރު ކުރުން.
  • ލޭންޑް ޔޫސް ޕްލޭން، ލޭއައުޓް ޕްލޭން އަދި އިންޖިނިއަރިންގއާ ގުޅޭ ކުރެހުންތައް ތައްޔާރުކުރުން.

މަޤާމު: ޓެކްނީޝަން ގްރޭޑް 1، އިލެކްޓްރޯ މެކޭނިކަލް/ އިލެކްޓްރިކަލް އެންޑް އޭސީ ސަރވިސަސް

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ އިލެކްޓްރިކަލް އެންޑް އޭސީ ސަރވިސަސް

ޝަރުޠު:

  • :އެޑްވާންސް ސެޓްފިކެޓް އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ ނުވަތަ އެއާ އެއްފެންވަރުގެ ސެޓްފިކެޓެއް ލިބިފައިވުން.
  • ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން
  • އުމުރު: 35 އަހަރުނުވާ ފަރާތެއްކަމުގައިވުން

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

މެޝިނަރީ އަދި އިކްއިޕްމަންޓް އިންސްޓޯލް ކުރުމާއި މަރާމާތުކޮށް ބެލެހެއްޓުން.

އިލެކްޓްރިކަލް ކޮންޓްރޯލް ސަރކިޓްސްތަކަށް ދިމާވާ މައްސަލަތައް ބެލުމާއި ރިޕެއަރ ކުރުން.

އިލެކްޓްރިކަލް ޕަވަރ ޓޫލްތަކާއި އެޕްލައަންސްސަތައް ރިޕެއަރ ކުރުން.

މުސާރަ އާއި އިނާޔަތްތައް: މުސާރަ އާއި އެލަވަންސް މަހަކު 11,000ރ އާއި 12,000 ރުފިޔާ އާ ދެމެދު.

މަޤާމު:  ޓެކްނީޝަން ގްރޭޑް 1، އެއަރ ކޮންޑިޝަނިންގ/ އިލެކްޓްރިކަލް އެންޑް އޭސީ ސަރވިސަސް

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ އިލެކްޓްރިކަލް އެންޑް އޭސީ ސަރވިސަސް

ޝަރުޠު:

  • އެޑްވާންސް ސެޓްފިކެޓް އިން އެއަރ ކޮންޑިޝަނިންގ ނުވަތަ އެއާ އެއްފެންވަރުގެ ސެޓްފިކެޓެއް ލިބިފައިވުން.
  • ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.

އުމުރު: 35 އަހަރުނުވާ ފަރާތެއްކަމުގައިވުން

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އިބްރާހީމް ނާޞިރުއިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) ގެ އެންމެހައި އެއަރ ކޮންޑިޝަނިންގތައް ސަރވިސް ކުރުމުގެ މަސައްކަތްތައް ކުރުން.
  • އެއަރ ކޮންޑިޝަނިންގ މަރާމާތުގެ އެންމެހާ މަސައްކަތްތައް ކުރުން.
  • ޑެއިލީ، ވީކްލީ އަދި މަންތްލީ ޗެކް ލޮގް ޝީޓް ތައްޔާރުކުރުން.

މުސާރަ އާއި އިނާޔަތްތައް: މުސާރައާއި އެލަވަންސް މަހަކު 11,000ރ އާއި 12,000 ރުފިޔާއާ ދެމެދު.

މަޤާމު: ސަޕޯޓް ސްޓާފް (މަސައްކަތު)/ އިލެކްޓްރިކަލް އެންޑް އޭސީ ސަރވިސަސް

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / އިލެކްޓްރިކަލް އެންޑް އޭސީ ސަރވިސަސް

ޝަރުޠު:

  • އަސާސީ ތަޢުލީމު ފެންވަރުހުން.
  • ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.

އުމުރު: 35 އަހަރުނުވާ ފަރާތެއްކަމުގައިވުން.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އިލެކްޓްރިކަލް އެންޑް އޭސީ ސަރވިސަސްގެ އެންމެހާ މަސައްކަތްތަކުގައި އެހީތެރިވުން.
  • ސިޓީ އާއި ލިޔެކިޔުންތައް ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ވަގުތަށް ހަވާލުކުރުން.
  • އިލެކްޓްރިކަލް އެންޑް އޭސީ ސަރވިސަސްގެ އެންމެހާ ތަންތަން ފޮޅައި ސާފުކުރުން.

މުސާރަ އާއި އިނާޔަތްތައް: މުސާރަ އާއި އެލަވަންސް މަހަކު -/9,000ރ އާއި -/10,000 ރުފިޔާއާ ދެމެދު.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސީވީއާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ 
  • ކުރިން އަދާކޮށްފައިވާ ވަޒީފާތަކާއި ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
  • 3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓުގެ ކޮޕީ

ނޯޓް: ކޮންމެ މަޤާމަކަށްވެސް އެދެންވާނީ ވަކިސިޓީއަކުންނެވެ. އަދި  ސިޓީއާއިއެކު ކަމާބެހޭ ލިޔުންތައް ހުށަހަޅަންވާނެއެވެ.

ކުރިމަތިލުމުގެ ސުންގަޑި: 28 އެޕްރީލް 2015 ވަނަ ދުވަހުގެ 16:00 ގެ ކުރިން.

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެޑްމިނިސްޓްރޭޓިވް ބިލްޑިންގް

ހުޅުލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު : ފޯނު –3325511    

 އެދި މި މަޤާމުތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

3 ރަޖަބު 1436

22 އޭޕްރިލް 2015
ހޯދާ