ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

ތ. ވިލުފުށީ ޞިއްޙީ މަރުކަޒުގެ ޢިމާރާތުގައި ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

ތ.ވިލުފުށީ ޞިއްހީމަރުކަޒުގެ އިމާރާތުގައި ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރުމާއި، ބީލަން ހުށަހެޅުމުގެ ކަންތައް ކުރިއަށް ގެންދިއުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

ބީލަން ހުށަހެޅުން/ބީލަން ހުޅުވުން

މަޢުލޫމާތު ސާފުކުރުމާއި ބީލަން ހުށަހެޅުން/ބީލަން ހުޅުވުން ކުރިއަށްދާނެ ތަންތަން

21 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 13:00 ގައި

28 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 13:00 ގައި

 

މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ)

ތ. އަތޮޅު ހޮސްޕިޓަލް

ތ. ވިލުފުށީ ޞިއްޙީ މަރުކަޒު

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ކާކުކަން އަންގައިދޭ ރަސްމީލިޔުމެއް، ކުންފުންޏެއްގެ ފަރާތުންނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއެއް އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެ ފަރާތުގެ ލިޔުމެއް އޮންނަންވާނެއެވެ. އެއްފަރާތަށްވުރެ ގިނަ ފަރާތްތަކުން ބަދަލުގައި އެކަކު ފޮނުވާފައިވާނަމަ، އެފަރާތަކަށް މަޢުލޫމާތު ސާފުކޮށެއް ނުދެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައެއްނުގަނެވޭނެއެވެ.

23 ޖުމާދަލްއާޚިރާ 1436

12 އޭޕްރިލް 2015
ހޯދާ