ދިވެހިރާއްޖެ
ތ.ބުރުނީގައި އަލަށް ޢިމާރާތްކުރާ އިންޖީނުގޭގެ ޢިމާރާތާ ގުޅޭ:
ތ.ބުރުނީގައި މިކުންފުނިން އަލަށް ޢިމާރާތްކުރާ އިންޖީނުގޭގެ ނުނިމިހުރި މަސައްކަތްތައް މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ތ.ބުރުނީ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ތ.ބުރުނީ ބްރާންޗަށެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ.
27 ޖުމާދަލްއާޚިރާ 1436