އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މަރާމާތުތައް ކޮށްދޭނެ ފަރާތެއް

އދ. އޮމަދޫ ޞިއްޙީ މަރުކަޒުގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 22 އެޕްރީލް 2015 ވާ ބުދަދުވަހުގެ 13:00 އަށް އދ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ އދ. އޮމަދޫ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 އެޕްރީލް 2015 ވާ ބުދަދުވަހުގެ 13:00 އަށް އދ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ އދ. އޮމަދޫ ޞިއްޙީ މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

27 ޖުމާދަލްއާޚިރާ 1436

16 އޭޕްރިލް 2015
ހޯދާ