ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 ތިރީގައިވާ މަޤާމަށް މި އިދާރާއަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް: އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1

މަޤާމުގެ ނަންބަރު: 223174

އޮފީސް/ އިދާރާ: ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ސެކްޝަން: އެޓޮލް ޑިވެލޮޕްމަންޓް ސަރވިސަސް

ވަޒީފާ އަދާކުރަންޖެހޭ ތަން: ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

މުސާރަ: 5610.00 ރުފިޔާ

ސަރވިސް އެލަވަންސް: 2000.00 ރުފިޔާ

ބޭނުންވާ ޢަދަދު: 1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:    

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖުމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖުމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑްމިނިސްޓްރޭޝަން/މެނޭޖުމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  3. އެޑްމިނިސްޓްރޭޝަން/މެނޭޖުމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

1- އަތޮޅުގެއާއި އަތޮޅު ކައުންސިލް އިދާރާގެ ގޯތިތެރެ، ކަމާގުޅޭ މުވައްޒަފުންލައްވާ ސާފުތާހިރުކުރުވުމާއި، އިސްލާޙުކުރަންޖެހޭ ކަންތައްތައް އިސްލާޙުކުރުން.

2- އަތޮޅުގެއާއި އަތޮޅު ކައުންސިލް އިދާރާގައި މަރާމާތުކުރަންޖެހޭ ކަންތައްތައް ހުރިނަމަ، އެކަމެއް ފާހަގަކޮށް، އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް އިންފްރާސްޓްރަކްޗަރ ސެކްޝަނުގެ އިސް މުވައްޒަފަށް ހުށަހަޅައިގެން ކުރިއަށްގެންދިއުން.

3- އަތޮޅު ކައުންސިލްގެ ލޯންޗާއި ވޭން، ކަމާގުޅޭ މުވައްޒަފުން ލައްވާ ސާފުތާހިރުކުރުވުމާއި، އިސްލާޙުކުރަންޖެހޭ ކަންތައްތައް ހުރިނަމަ، އެކަމެއް ފާހަގަކޮށް، އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް އިންފްރާސްޓްރަކްޗަރ ސެކްޝަނުގެ އިސް މުވައްޒަފަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުން.

4- އަތޮޅު ކައުންސިލްގެ ލޯންޗާއި ވޭނުގައި މަރާމާތު ކަންތައްތައް ހުރިނަމަ، އެކަމެއް ފާހަގަކޮށް، އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް އިންފްރާސްޓްރަކްޗަރ ސެކްޝަންގެ އިސް މުވައްޒަފަށް ހުށަހަޅައިގެން ކުރިއަށްގެންދިއުން.

5- އަތޮޅުގެއާއި އަތޮޅު ކައުންސިލްގެ އިންވެންޓްރީގެ ކަންތައްތައް ބެލެހެއްޓުން.

6- ސެކްޝަނުން ލިޔަންޖެހޭ ސިޓީ/ މެސެޖު ލިޔުން.

7- ދިއްދޫ ޒުވާނުންގެ މަރުކަޒުގެ މަސައްކަތްތައް ބެލެހެއްޓުން.

8- ލޯންޗު ދަތުރުތައް ހަމަޖެއްސުން.

9- ހއ. އަތޮޅު ފާމަސީއާ ގުޅޭ މަސައްކަތްތައް.

10- ކުނި މެނޭޖުކުރުމާ ގުޅޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

11- ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ އުފުލޭ މުދަލާއި، ނުއުފުލޭ މުދާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެދަށުން ހެދޭ ޤަވާޢިދުގައިވާގޮތުގެމަތިން އެހެން ފަރާތްފަރާތަށް ކުއްޔަށް ދިނުމާއި، ދޫކުރުމަށް ކައުންސިލުން ނިންމުމުން، އެތަކެތި ދިނުމާއި ދޫކުރުން.

12- ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާގޮތުގެމަތިން އިދާރީ ދާއިރާގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އެހެނިހެން ސިނާޢަތްތައް ކުރިއެރުވުމަށް ކައުންސިލުން ނިންމަވާފައިވާގޮތުގެމަތިން އެހީތެރިވެދީ މަސައްކަތް ކުރުން.

13- އިދާރީ ދާއިރާގެ ފެންވަރުގައި ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އަތޮޅު ކައުންސިލުން ނިންމުމުން، އެކިފަރާތްތަކާއެކު އެގްރީމެންޓްކޮށް، ވިޔަފާރީގެ މުޢާމަލާތްކުރުން.

14- އަތޮޅު ކައުންސިލްގެ އިދާރާއާއި، އަތޮޅުގެއާއި އަތޮޅު ކައުންސިލްގެ ބެލުމުގެދަށުގައި ހުންނަ އިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުން.

15- އަތޮޅު ކައުންސިލުގެ ސެކިއުރިޓީ ބެލެހެއްޓުމާ ގުޅޭ މަސައްކަތްކުރުން.

16- ސަރުކާރުން ވަޑައިގަންނަވާ އެކިއެކި ޓީމްތަކާ ގުޅޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

17- މީގެ އިތުރުންވެސް، އޮފީހުގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ސިވިލް ސަރވިސް ކޮމިޝަނުން 1 އެޕްރީލް 2013 ގައި ޢަމަލުކުރަން ފައްޓަވާފައިވާ" ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން.

އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، ލިޔުމުން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކުރެވިފައިވާ  ލިޔުންތަކާއެކު،  2015 އޭޕްރީލް 22 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ ޤަވާޢިދުގައިވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، މި އިދާރާގެ ކައުންޓަރުން  ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ (ސެޓްފިކެޓްތަކުގެ އަޞްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

4. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވޯކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގުރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުން (އަސްލާ އެއްގޮތްކަމަށް( އިންޓަވިއުއަށް ހާޒިރުވާއިރު ސެޓްފިކެޓްތަކުގެ އަޞްލު ގެންނަންވާނެއެވެ.)

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަޞްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް (އައިޑީ ކާޑުގެ އަޞްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

7- ވަނަވަރު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ގުޅާނީ، މި އިދާރާގެ 6500002 ނަންބަރު ފޯނަށް ނުވަތަ 6500068 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 6500063 އެވެ. އީމެއިލް ކުރާނީ  [email protected] އަށެވެ.

24 ޖުމާދަލްއާޚިރާ 1436

13 އޭޕްރިލް 2015
ހޯދާ