އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގައި ލައިޓް ޖެހުމާއި ބޯޅަގެ އެޅުމާއި އަދި ހުޅަނގުފަރާތު ފެންސް ޖެހުމާގުޅޭ

އއ. މާޅޮހު ފުޓްބޯޅަދަނޑުގައި ލައިޓް ޖެހުމާއި، ބޯޅަގެ އެޅުމާއި، އަދި ހުޅަނގުފަރާތު ފެންސް ޖެހުމާ ގުޅޭ:

އއ. މާޅޮހު ފުޓްބޯޅަދަނޑުގައި ލައިޓް ޖެހުމާއި، ބޯޅަގެ އެޅުމާއި، އަދި ފުޓުބޯޅަދަނޑުގެ ހުޅަނގުފަރާތުގައި ފެންސް ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގެ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 މޭ 2015 ވާ ހޯމަ ދުވަހުގެ 10:00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 މޭ 2015 ވާ އާދީއްތަ ދުވަހުގެ 10:00އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި "އއ. މާޅޮހު ފުޓްބޯޅަދަނޑުގައި ލައިޓް ޖެހުމާއި، ބޯޅަގެ އެޅުމާއި، އަދި ހުޅަނގުފަރާތުގައި ފެންސް ޖެހުމަށް އެދި" މިހެން ލިޔެފައެވެ.

މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.   

24 ޖުމާދަލްއާޚިރާ 1436

13 އޭޕްރިލް 2015
ހޯދާ