އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރ.މާކުރަތު ޞިއްޙީމަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ރ.މާކުރަތު ޞިއްޙީމަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: URH/IUL/2014/47ފ(18 ޑިސެންބަރު 2014) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ފުރިހަމަނުވާތީ އަންދާސީހިސާބުތައް ބާޠިލުކުރުމަށްފަހު އަލުން މިމަސައްކަތް ކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 އެޕްރީލް 2015 ވަނަ ދުވަހުގެ 13:00 އަށް ރ.މާކުރަތު ޞިއްޙީމަރުކަޒު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 އެޕްރީލް 2015 ވަނަ ދުވަހުގެ 13:00 އަށް ރ.މާކުރަތު ޞިއްޙީމަރުކަޒު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކޮންމެ ބޭފުޅަކަށްވެސް މަޢުލޫމާތު ސާފުކުރެވޭނީ އެންމެ ފަރާތެއްގެ ނަމުގައެވެ.

އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

25 ޖުމާދަލްއާޚިރާ 1436 

16 އޭޕްރިލް 2015
ހޯދާ