މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
4 ތާނގީ ސިޓީލާ ނީލަމުގައި ވިއްކައިލުމަށް

މިއިދާރާގެ ބެލުމުގެ ދަށުގައިވާ 04 ތާންގި ސިޓީލާ ނީލަމުގައި ވިއްކާލުން

މިއިދާރާގެ ނަންބަރު IUL/A/273/2015/5  (ތާރީޚު:03 ފެބުރުވަރީ 2015) ގައި ކުރި އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތި ލާފައިނުވާތީ އެއިޢުލާން ބާޠިލުކުރުމަށްފަހު މިއިދާރާގެ ބެލުމުގެ ދަށުގައި ހުރި ތިރީގައި މިދަންނަވާ ތާންގިތައް ސިޓީލާ ނީލަމުގައި ވިއްކާލުމަށް އަލުން އިޢުލާން ކުރަމެވެ.

މިނީލަން ފެށޭ ތާރީހަކީ 08 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 9:00އެވެ. މިނީލަމުގައި ފެކްސްގެ ޒަރީއާއިން ހުށަހަޅާ އަގުތައްވެސް ބަލައި ގަނެވޭނެވެ.

ނީލަމަށް ހުށަހެޅޭ އެންމެ މަތީ އަގު ކޮންމެދުވަހަކު ކައުންސިލް އިދާރާ ބަންދުވުމުގެ ކުރިން މިއިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓޭނެއެވެ.

ތާންގިތައް ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި ބަޔާން ކޮށްފައިވާ ނަންބަރަށް ގުޅުއްވުމުން ނުވަތަ ރަސްމީ ދުވަހު ރަސްމީގަޑީގައި މިއިދާރާއަށް ވަޑައިގަތުމުން އެއިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.

ނީލަމަށް އެންމެ ފަހުން ހުށައެޅޭ އަގަށް ބަދަލެއްނައިސް 72 ގަޑިއިރު ވެއްޖެނަމަ އެއަގު ހުށައެޅި ފަރާތަކަށް ނީލަން ނިންމައިލެވޭނެއެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 9980804 ނަންބަރު ފޯނާއެވެ.

ތާންގިތަކުގެ މަޢުލޫމާތު

އަދަދު

ނީލަމުގައި ވިއްކާލެވޭ ތަކެތީގެ ތަފްސީލް

އިތުރު ކުރެވޭ އަގު(އެއްތާންގީގެ އަގު)

އިތުރު ކުރެވޭ އަގު(އެއްތާންގީގެ އަގު)

03     

3800 ލީޓަރު ވަށް ތާންގީ ( 19 ފީފާ )

7500.00

500.00

01

4400 ލީޓަރު ހަތަރެސް ކަން ތާންގީ ( 22 ފީފާ )

8000.00

500.00

01 އޭޕްރިލް 2015
ހޯދާ