ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: މަސައްކަތު

މަޤާމުގެ ރޭންކް: އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް / އިދާރާ: ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލް އިދާރާ

ސެކްޝަން: ކޯޕަރޭޓިވް ސަރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން: ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ މިސްކިތު

މުސާރަ: 3100.00 ރުފިޔާ

ސަރވިސް އެލަވަންސް: 1000.00 ރުފިޔާ                                               

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠުތައް: ލިޔަންކިޔަން އެނގުމާއި، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

 

 

  1. ފަރުޟު ފަސްނަމާދުން ކޮންމެ ނަމާދު ވަގުތެއް ޖެހުމުގެ 15 މިނިޓުގެ ކުރިން މިސްކިތަށް ހާޒިރުވެ، މިސްކިތާއި، ފާޚާނާއާއި، އިސްކުރު ބަރިއާއި، ވަޅުދޮށް ސާފުކުރުމާއި، މިސްކިތް ތައްޔާރުކުރުން.
  2. ކޮންމެ ނަމާދު ވަގުތެއް ޖެހުމުގެ 15 މިނިޓުގެ ކުރިން މިސްކިތަށް ހާޒިރުވުމާއި، ފަރުޟު 5 ނަމާދާ ގުޅިގެން ވަޒީފާގެ މަސައްކަތް ކުރުމުގައި 1 ގަޑިއިރުގެ ވަގުތެއް ހޭދަކުރުން.
  3. ހުކުރު ނަމާދާއި،  ޢީދުނަމާދާއި،  ކޭތަނަމާދާއި،  ކަށުނަމާދާއި،  ތަރާވީޙް ނަމާދު ކުރުމުގެ ވަގުތު ޖެހުމުގެ 15 މިނިޓުގެ ކުރިން މިސްކިތަށް ހާޒިރުވެ، މިސްކިތް ފޮޅައި ސާފުކުރުމާއި، ޖަމާޢަތުގައި ނަމާދުކުރާ ވަގުތުގައި ފަންކާއާއި، ލައިޓުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފުން.
  4. މިސްކިތަށް އަރާފަރާތްތަކަށް ދަތިނުވާފަދަ ގޮތަކަށް މިސްކިތުގައި ކުރެވޭ އަދި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  5. މިސްކިތުގައި ދީނީ ނަޞޭޙަތް ދިނުންފަދަ މުހިއްމު ކަމެއް ކުރުމަށް ހަމަޖައްސަވައި އެންގުމުން، އެ ގަޑިއެއް ޖެހުމުގެ 15 މިނިޓުގެ ކުރިން މިސްކިތަށް ހާޒިރުވެ، މިސްކިތް ސާފުކޮށް ތައްޔާރުކުރުން.
  6. މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ،  މިސްކިތް ހަވާލުވެ ހުންނެވި ފަރާތަށް އެކަން އެންގުމާއި، އެފަރާތުގެ މަޝްވަރާގެމަތިން ކައުންސިލް އިދާރާއަށް ހުށަހަޅައިގެން އެކަމެއް ޙައްލުކުރުމަށް މަސައްކަތް ކުރުން.
  7. މިސްކިތް ޒީނަތްތެރިކުރުމަށް ބޭނުންކުރާ ބަނޑިޔާތަކާއި، މިމްބަރު ފަދަ މުހިއްމު ތަކެއްޗަށް ގެއްލުމެއް ލިބިއްޖެނަމަ،  ވީއެންމެ އަވަހަކަށް ކައުންސިލް އިދާރާއަށް އެކަން އެންގުމާއި، އެފަރާތުގެ މަޝްވަރާގެމަތިން އެކަމެއް ޙައްލުކުރުން.
  8. މިސްކިތާއި، ދިޔަދޮވި، ފާޚާނާ، ވުޟޫކުރާ އިސްކުރުބަރި، މުންނާރު ސާފުތާހިރުކަމުގައި ބެލެހެއްޓުމާއި، އެތަންތަނުގެ ފިކުސްޗަރ ފަދަ ތަކެތި ހަލާކުވުމުން، މިސްކިތާ ހަވާލުވެހުރި ފަރާތަށް އެކަން އެންގުމާއި، އެފަރާތުގެ މަޝްވަރާގެމަތިން ކައުންސިލް އިދާރާއަށް ހުށަހަޅައިގެން އެކަމެއް ރަނގަޅުކުރުން.
  9.  މިސްކިތުގެ ފަންކާތަކާއި، ކަބަޑުތަކާއި، ލައިޓްތަކާއި، ޚަތިމްފަދަ ތަކެތި، ކޮންމެ ދުވަހަކު ފޮހެ ސާފުކުރުން.
  10. މިސްކިތާއި، ފާޚާނާގެ ފަންކާ ހޮޅިބުރި ބޮކި ފަދަ ތަކެތި ހަލާކުވެއްޖެނަމަ، މިސްކިތާ ހަވާލުވެހުރި ފަރާތުގެ މަޝްވަރާގެމަތިން ކައުންސިލް އިދާރާއަށް ހުށަހަޅައިގެން ތަކެތިހޯދައި، އެކަމެއް ރަނގަޅު ކުރުން.
  11.  މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، ދަތިވާ ކޮންމެ ކަމެއް، މިސްކިތާއި ހަވާލުވެހުރި ފަރާތުގެ މަޝްވަރާގެމަތިން ކައުންސިލް އިދާރާއަށް ހުށަހަޅައިގެން ރަނގަޅުކުރެވޭތޯ ބެލުން.
  12.  މިސްކިތުގެ ވަޅުދިޔަހިއްކުމާއި، ސާފުތާހިރުކަންމަތީ ބެލެހެއްޓުމާއި، ފެންމޯޓަރާއި އިސްކުރުފަދަ އެއްޗަކަށް ގެއްލުމެއްވެއްޖެނަމަ، ލަސްނުކޮށް ކައުންސިލް އިދާރާއަށް ހުށަހަޅައިގެން އެކަމެއް ޙައްލުކުރުން.
  13. މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދުމާއި، ގަސްތަކަށް ފެންދީ ރީތިކޮށް ކޮށައި ބެލެހެއްޓުން.
  14. މިސްކިތުގެ ގޯތިތެރެއާއި މިސްކިތާ ގުޅިފައިވާ މަގުތައް، މިސްކިތުގެ އިމުން ފެށިގެން މަގުގެ ދެބައިކުޅަ އެއްބައި ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
  15. ކޮންޓްރެކްޓް އުސޫލުން ނުވަތަ އެހެންވެސް ގޮތަކުން މިސްކިތުގައި މަރާމާތުގެ މަސައްކަތެއް ކުރުމަށް ހަމަޖެހިގެން އެ މަސައްކަތްކުރަނިކޮށް، އެފަރާތަކުން ކުރާ މަސައްކަތުގެ ސަބަބުން އިތުރު ގެއްލުމެއް ލިބިއްޖެނަމަ، އެކަން ކައުންސިލް އިދާރާއަށް އެންގުން.
  16. ރަސްމީ މަސައްކަތާ ގުޅޭގޮތުން މިސްކިތުގައި ކުރުމަށް ހަމަޖެހޭ އެންމެހައި ކަންކަން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ސިވިލް ސަރވިސް ކޮމިޝަނުން 1 އެޕްރީލް 2013 ގައި ޢަމަލުކުރަން ފަށްޓަވާފައިވާ" ސިވިލްސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާންކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ މުއްތަދުތަކާއި އޮންނާނެ ތަން:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ  އިންޓަރވިއު  އޮންނާނީ، 2015 އެޕްރީލް 15 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ. އިންޓަވިއު ކުރުން އޮންނާނެ ގަޑި ފަހުން އަންގާނަމެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، 2015 އެޕްރީލް 13 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން، ނިލަންދެއަތޮ ޅުދެކުނުބުރީ މާއެނބޫދޫ ކައުންސިލުގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ (ސެޓުފިކެޓުތަކުގެ އަސްލު، އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)
  4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް (މި ކާޑުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

އިތުރު މަޢުލޫމާތު:

މި  އިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ 6760043  ނަންބަރު  ފޯނާއެވެ.  ފެކްސް ނަންބަރަކީ 6760666 އެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.

12 ޖުމާދަލްއާޚިރާ 1436

01 އޭޕްރިލް 2015
ހޯދާ