ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އެއަރކޮންޑިޝަންތައް ސާރވިސްކޮށް ބަލަހައްޓައިދެއްވޭނެ ފަރާތެއް

މި އެޖެންސީގެ އެއަރކޮންޑިޝަންތައް 1 އަހަރު ދުވަހުގެ މުއްދަތަށް ސާރވިސްކޮށް ބަލަހައްޓައިދެއްވޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިއެޖެންސީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު މި އެޖެންސީއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ދީފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.

20 ޖުމާދަލްއާޚިރާ 1436

09 އޭޕްރިލް 2015
ހޯދާ