އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން

ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ސްކޫލުގައި 2 ކްލާހުގެ ޢިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު GS-80/IUL/2015/01ފ(4 މާރިޗު 2015) އާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ހއ. އުލިގަމު މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުގައި އުލިގަމު މަދަރުސާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

15 އެޕްރީލް 2015 (ބުދަ) ދުވަހުގެ 11:00 އަށް

21 އެޕްރީލް 2015 (އަންގާރަ) ދުވަހުގެ 10:30 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ އުލިގަމު މަދަރުސާގެ 6500548 ނަންބަރު ފޯނަށެވެ.

13 ޖުމާދަލްއާޚިރާ 1436

02 އޭޕްރިލް 2015
ހޯދާ