ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ޢިމާރާތުގެ ބޭރުގައާއި ވަށާފާރުގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

ގއ.ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓުގެ ޢިމާރާތުގެ ބޭރުގައާއި ވަށާފާރުގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިކޯޓަށް ނުވަތަ ގއ.ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް މިކޯޓަށް ނުވަތަ ގއ.ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނަވޭނެ ވާހަކަ ދެންނެވީމެވެ.

20 ޖުމާދަލްއާޚިރާ 1436

09 އޭޕްރިލް 2015
ހޯދާ