ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރަރ ގރ.1

މި ކުންފުނީގެ ތިރިގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ލޭބަރަރ ގރ. 1

އަދަދު: 2

މުސާރަ: 3830.00 ރުފިޔާ (ބޭސިކް ސެލެރީ)

ވަޒީފާގެ ބާވަތް: ދާއިމީ

މަސައްކަތް ކުރަންޖެހޭތަން: ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް/ ހެޑް އޮފީސް

އެހެނިހެން އިނާޔަތްތައް:

 • އިތުރު އެލަވަންސް: 1500.00ރ އާއި 2500.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
 • ދާއިމީ ވުމުން ސްޓާފް އިންޝުއަރެންސް ގައި ބައިވެރި ކުރެވޭނެ.
 • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫންގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
 • ހަމަޖެހިފައިވާ އުސޫލުން އެޓެންޑަންސް އެލަވަންސް ލިބޭނެއެވެ.
 • ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު:

 • މެއިންޓަނަސް ޓީމަށް އެހީތެރިވުން
 • ޑެލިވަރ ކުރެވޭ މުދާތައް ރައްކާތެރި ކަމާއެކު އެތަނަކަށް ފޯރުކޮށް ދިނުން
 • ޑެލިވަރ ކުރެވޭ މުދާތަކުގެ އަދަދު ޗެކްކޮށް ބެލެހެއްޓުން

ތަޢުލީމާއި ތަޖުރިބާ:

 • ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ އިނގިރޭސި އަދި ދިވެހި ބަހުން ހުންނަ ލިޔުންތައް ލިޔަން ކިޔަން އެނގުން.
 • މިދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 އެޕްރީލް 13 ވާ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓިއޯގެ ހެޑް އޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. 

ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

 • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
 • މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
 • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް އެސްޓީއޯ ހެޑް އޮފީސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264 ވެބްސައިޓް: www.stomaldives.com

06 އޭޕްރިލް 2015
ހޯދާ