ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދުކޮށްދޭނެ 2 ޙާފިޡަކު ހޯދަން

1436 ވަނަ އަހަރުގެ ރަމަޟާންމަހު ގދ. މަޑަވެލީ މަސްޖިދުލް ބަރަކާތުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދު ކޮށްދޭނެ ޙާފިޡަކު ހޯދުމަށް ކުރެވެވުނު މިކައުންސިލް އިދާރާގެ ނަންބަރު A/2015/15-ފ416 (17 މާރިޗު 2015) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ އަލުން އިޢުލާން ކުރަމެވެ.

ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދު ކޮށްދޭނެ 2 ޙާފިޡަކު ހޯދަން ބޭނުންވެއްޖެ.

1436 ވަނަ އަހަރުގެ ރަމަޟާންމަހު ގދ. މަޑަވެލީ މަސްޖިދުލް ބަރަކާތުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދު ކޮށްދޭނެ 2 ޙާފިޡުން ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަން ކޮށްދެއްވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތަކާއެކު 16 އެޕްރީލް 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން މަޑަވެލީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

  1. ޙިފްޡުކޮށް (މުސްޙަފް އެކީ ނުބަލައި) އިމާމުވެ ތަރާވީޙުނަމާދު ކޮށްދޭނެ ބޭފުޅެއްގެ މުސާރައާއި އެކޮމަޑޭޝަން އަދި ދަތުރު ޚަރަދު.
  2. ޙިފްޡުކޮށް (މުސްޙަފްއެކީގައި ނުބަލައި) އިމާމުވެ ތަރާވީޙުނަމާދު ކޮށްދޭނެ ބޭފުޅެއްގެ ނަމާއި އެޑްރެސް އަދި އައިޑެންޓިޓިކާޑުގެ ފޮޓޯކޮޕީ.
  3. ޙިފްޡުކޮށް (މުސްޙަފް އެކީގައި ނުބަލައި) އިމާމުވެ ތަރާވީޙުނަމާދު ކުރެވޭނެ ފަރާތެއްކަން ބަޔާންކޮށްދޭ ކިޔަވައިދޭ މަރުކަޒަކުން ދީފައިވާ ލިޔުމެއް.
  4. ޙާފިޡުކަމުގެ ސެޓުފިކެޓުގެ ކޮޕީއެއް.
  5. ރާއްޖޭގައި އުޅޭ ބިދޭސީއެއްނަމަ އެމީހެއްގެ ވާރކްވިސާގެ ކޮޕީ އަދި ޙާފިޡުކަމުގެ ސެޓުފިކެޓުގެ ކޮޕީ.
  6. ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދު ކުރެވޭނެ ދިވެހި ޙާފިޡުންނަށް އިސްކަންދެވޭނެއެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 6840006 ނުވަތަ 9140006 އާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

06 އޭޕްރިލް 2015
ހޯދާ