ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ (އެމް.އެސް 3)

ތިރީގައިވާ މަޤާމަށް ވަގުތީ މުވައްޒަފެއް ބޭނުންވެއެވެ.

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ ( އެމް.އެސް. 3 )

އޮފީހުގެ ނަން:

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން/ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް

ވަޒިފާ އަދާކުރަންޖެހޭ ތަން:

ކ.މާލެ

ކްލެސިފިކޭޝަން

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

01

އަސާސީ މުސާރަ:

7,035.00 ރުފިޔާ

އެލަވަންސް:

2,000.00 ރުފިޔާ (ސަރވިސް އެލަވަންސް)

އިތުރު ގަޑީގައި މަސައްކަތް ކުރައްވާނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް ދެވޭ އުޖޫރަ ދެވޭނެ.

ސެކްޝަން/ ޔުނިޓް:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް

 

މަޤާމުގެ މަސްއޫލިއްޔަތު:

 • އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަންގެ އެންމެހައި މަސައްކަތްތައް ރާވައި، ހިންގުން. އަދި ސެކްޝަން ދަށުން ހިނގާ ޔުނިޓްތަކުގެ އެންމެހައި މަސައްކަތައް ރާވާ ވިލަރެސްކުރުން.
 • އޮފީހުގެ އިދާރީ ސްޓޮކް، އެސެޓް ރަޖިސްޓްރީ، އަދި ބީލަން ކިޔަން ފޮނުވުމުގެ މަސައްކަތް ކުރިޔަށް ގެންދާގޮތް ރާވައި ކޮންޓްރޯލްކޮށް ބެލެހެއްޓުން.
 • ސުޕަވައިޒްކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތްތައް ދުވަހުން ދުވަހަށް މޮނީޓަރކޮށް، އެމުވައްޒަފުންގެ އެޕްރައިސްކޮށް ބެލެހެއްޓުން.
 • އެޑްމިނިސްޓްރޭޝަނަލް އެންޑް ފައިނޭންސް ސެކްޝަންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތައްޔާރުކޮށް ހިންގުން.
 • ބިއުރޯގެ ތަރައްޤީއަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކައްތައް ޒިންމާދާރު އިސްވެރިޔާގެ ލަފައާއެކު ރާވައި ހިންގުން.
 • ބިޔުރޯގެ މުވައްޒަފުންގެ އެންމެހައި ކަންތައްތައް ސިވިލް ސަރވިސް ޤާނޫނާއި ގަވާއިދާ އެއްގޮތަށް ޒިންމާދާރު އިސްވެރިޔާގެ އިރުޝާދުގެ ދަށުން ރާވައި ހިންގުން.
 • ބަޖެޓް މަސައްކަތްތައް މާލިއްޔަތާބެހޭ ޤާނޫނާއި، ފިނޭންސް މިނިސްޓްރީއިން އަންގާ އެންގުންތަކާއި އެއްގޮތަށް، ރާވައި ހިންގުން.
 • ބިޔުރޯގެ ފަރާތުން ބާއްވާ ޖަލްސާތަކާއި ބައްދަލުވުންތައް ޒިންމާދާރު އިސްވެރިޔާގެ އިރުޝާދާއެކު ރާވައި ކުރިޔަށް ގެންދިޔުން.

 

 

 

އަސާސީ ޝަރުޠު:

 • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
 • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
 • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
 • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

 • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު.
 • ތަޢުލީމީ ސެޓްފިކެޓް ލިބިފައިވާނަމަ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ އަސްލާ އެއްގޮތްކަމުގެ ކޮޕީ.) އަދި
 • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާނަމަ ވަޒީފާ އަދާކުރި ނުވަތަ އެވަޒީފާ އަދާކުރާކަމުގެ ރަސްމީ ލިޔުމެއް. (އެ ވަޒީފާގެ މަސްއޫލިއްޔަތާއި، އެވަޒީފާގައި ހޭދަވި މުއްދަތާއި އަދި މަސައްކަތު އަޚްލާޤު ހުރިގޮތް ބަޔާންކޮށް)
 • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 • ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)
 • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ސިވިލް ސަރވިސްގެ މިވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

 

އިތުރު މަޢުލޫމާތު:

 • ޝަރުޠު ފުރިހަމަނުވާ އަދި ހުށަހަޅަންޖެހޭތަކެތި ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
 • މިމަޤާމަށް މުވައްޒަފުން ނެގޭނީ މިބިޔުރޯއިން ކަނޑައަޅާ އިންޓަރވިޔު ޕެނަލްއެއްގައި މިމަޤާމުގެ ވާޖިބު އަދާކޮށްދެވޭނެކަމަށް ސާބިތުކޮށްދީ އިންޓަރވިއުއިން ފާސްވުމުންނެވެ.
 • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މިބިޔުރޯގެ 3312900 ނުވަތަ 3010754 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

ސުންގަޑި:

23 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:30ގެ ކުރިން.

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނަށް. (ވެލާނާގެ 05 ވަނަ ފަންގިފިލާ)

އިންޓަވިއު ކުރުން:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

11 ޖުމާދަލްއާޚިރާ 1436 ހ.

31 މާރިޗު 2015
ހޯދާ