މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު: އެސިސްޓެންޓް ޕްލާންޓް ޕްރޮޓެކްޝަން އޮފިސަރ                             ބޭނުންވާ އަދަދު: 1

މުސާރަ

މަހަކު -/4465 ރ.

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރ.

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް. 3

އޮފީސް 

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

ޑިވިޜަން/ސެކްޝަން

ޕްލާންޓް އެންޑް އެނިމަލް ހެލްތު މެނޭޖްމެންޓް

މަސައްކަތްކުރަންޖެހޭތަން

މާލެ/ހުޅުލެ

މަޤާމުގެ ޝަރުޠު

 

  • ސައިންސުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން ސައިންސްގެ 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި، މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ގަސްގަހަށްޖެހޭ ބަލިބައްޔާ ބެހޭ މަޢުލޫމާތު ހޯދުމަށް އަންނަ ފަރާތްތަކަށް މަޢުލޫމާތު ދީ އަދި ޔުނިޓަށް މިކަމާގުޅޭ ގޮތުން އަންނަ ފޯން ކޯލްތަކަށް ޖަވާބުދާރީވުން.
  • ގަސްގަހަށްޖެހޭ ބަލިތައް ދެނެގަތުމާބެހޭ ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުމުގައި އެހީތެރިވެދިނުން.
  • ޕެސްޓް އައުޓްބްރޭކް ދަތުރުތަކުގައި ބައިވެރިވުން.
  • ވާލާއި ކާޅު، މީދާ، އަދި ހުވަނި ކޮންޓްރޯލް ކުރުމަށް ބޭނުންވާ ބޭސް ދޫކުރުމާއި އަދި ބޭސް ބޭނުންކުރާ ގޮތުގެ މަޢުލޫމާތު ދަނޑުވެރިންނަށް ފޯރުކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި، ތަމްރީން
  • ދަނޑުވެރިކަމުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  • ދަނޑުވެރިކަމާއި ގަސްގަހާގެއްސާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު
  • ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.

މަޤާމު: އެސިސްޓެންޓް ޕްލާންޓް ޕްރޮޓެކްޝަން އޮފިސަރ                               ބޭނުންވާ އަދަދު 1

މުސާރަ

މަހަކު -/4،465 ރ.

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރ.

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް. 3

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

ޑިވިޜަން/ސެކްޝަން

ޕްލާންޓް އެންޑް އެނިމަލް ހެލްތު މެނޭޖްމެންޓް

މަސައްކަތްކުރަންޖެހޭތަން

މާލެ/ހުޅުލެ

މަޤާމުގެ ޝަރުޠު

 

ސައިންސުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

ސާނަވީ އިމްތިޙާނަކުން ސައިންސްގެ 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި، މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ގަސްގަހަށްޖެހޭ ބަލިބައްޔާބެހޭ މަޢުލޫމާތު ހޯދުމަށް އަންނަ ފަރާތްތަކަށް މަޢުލޫމާތު ދީ އަދި ޔުނިޓަށް މިކަމާގުޅޭ ގޮތުން އަންނަ ފޯން ކޯލްތަކަށް ޖަވާބުދާރީވުން.
  • ގަސްގަހަށްޖެހޭ ބަލިތައް ދެނެގަތުމާބެހޭ ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުމުގައި އެހީތެރިވެދިނުން.
  • ޕެސްޓް އައުޓްބްރޭކް ދަތުރުތަކުގައި ބައިވެރިވުން.
  • ވާލާއި ކާޅު، މީދާ، އަދި ހުވަނި ކޮންޓްރޯލް ކުރުމަށް ބޭނުންވާ ބޭސް ދޫކުރުމާއި އަދި ބޭސް ބޭނުންކުރާ ގޮތުގެ މަޢުލޫމާތު ދަނޑުވެރިންނަށް ފޯރުކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި، ތަމްރީން
  • ދަނޑުވެރިކަމުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  • ދަނޑުވެރިކަމާއި ގަސްގަހާގެއްސާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު
  • ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.

މަޤާމު: ކައްކާ                                                  ބޭނުންވާ ޢަދަދު 1

މުސާރަ

މަހަކު -/3،100 ރ.

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރ.

ކްލެސިފިކޭޝަން

ސްޕޯޓްސް ސްޓާފް ގްރޭޑް 1

ރޭންކް

އެސް.އެސް.1

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

މެރިން ރިސާރޗް ސެންޓަރ  

މަސައްކަތް ކުރަންޖެހޭ ތަން

ކ. މަނިޔަފުށި

މަޤާމުގެ ޝަރުޠު

 ލިޔަންކިޔަން ދަތުމާއެކު މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ކ. މަނިޔަފުށީ  މެރިކަލްޗަރ ރިސަރޗް ސްޓޭޝަނުގައި ތިބޭ މުވައްޒަފުންނަށާއި އެތަނަށްދާ މެރިން ރިސާރޗް ސެންޓަރުގެ އެހެން މުވައްޒަފުންނަށް ކައްކައި ކާން ހެދުމުގެ ހުރިހާ ކަމެއް ކުރުން.
  • މިނިސްޓްރީގެ ދޯނިފަހަރުގައި ފަޅުވެރިންނާއި މުވައްޒަފުންނަށް ކައްކައި ކާން ހެދުމުގެ ހުރިހާ ކަމެއް ކުރުން.
  • ކާޑުގެ ބާވަތްތަކާއި ކެއްކުމަށް ބޭނުންވާ އެހެނިހެން ތަކެއްޗާއި ސާމާނު ހަމަޔަށް ހުރިތޯ ބަލައި، ހޯދަންޖެހޭ ތަކެތި ހޯދުމަށް މަނިޔަފުށީ މެރިކަލްޗަރ ރިސަރޗް ސްޓޭޝަނުގެ އޮފީހަށް ދުރާލައި އެންގުން.
  • ބަދިގޭގައި ގެންގުޅޭ ރެފްރިޖެރޭޓަރު އުނދުން ފަދަ ތަކެތި ސާފުތާހިރުކޮށް ބެލެހެއްޓުން.
  • މަނިޔަފުށީ ރަށުތެރެއާއި ބަދިގެއާއި އެހެން އިމާރާތްތައް ސާފުކުރުން.
  • މަނިޔަފުށްޓަށް ގެންދާ ތަކެތި ދޯނިން ބާލައި ގުދަންކުރުމަށް އެހީތެރިވުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ކައްކައި ކާންހެދުމުގެ ހުނަރާއި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  • ޑިއުޓީ އުސޫލުން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި މިންވަރު
  • ފަޅުރަށެއްގައި ޤާއިމުވެހުރެ މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
  • ކަނޑުމަތީގައި އުޅެވޭނެ މީހަކު ކަމުގައިވުން  

މަޤާމު: މަސައްކަތު                                                  ބޭނުންވާ އަދަދު 1

މުސާރަ

މަހަކު -/3،100 ރ.

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރ.

ކްލެސިފިކޭޝަން

ސްޕޯރޓްސް ސްޓާފް ގްރޭޑް 1

ރޭންކް

އެސް.އެސް.1

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

އެގްރިކަލްޗަރ ޑިވިޜަން/ ޓްރޭނިންގ އެންޑް އެކްސްޓެންޝަން ސަރވިސަސް 

މަސައްކަތް ކުރަންޖެހޭ ތަން

ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ

މަޤާމުގެ ޝަރުޠު

ލިޔަންކިޔަން ދަތުމާއެކު މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ސެންޓަރުގެ އޮފީސް ޢިމާރާތް (އޮފީސް ގުދަން އަދި ތަކެތި ވިއްކާރޫމް) ކޮންމެ ދުވަހަކުވެސް ފޮޅައި މޮޕްލައި ސާފުކުރުން.
  • ސެންޓަރުގެ  ގޯތިތެރެ ވިނަނޮޅައި ސާފުކުރުން.
  • ސެންޓަރުގައި މުވައްޒަފުން ތިބުމަށްޓަކައި ހަދާފައިވާ އިމާރާތްތައް ފޮޅައި ސާފުކޮށް، މޮޕްލައި، ފަންކާތައް ސާފުކުރުން އަދި ބިއްލޫރިތައް ސާފުކުރުން.
  • ބަދިގެ ހިމެނޭ އިމާރާތް ބަދިގެ، ކާގެ، ގުދަން ކޮންމެ ދުވަހަކުވެސް ކުނިކަހައި ފޮޅައި، މޮޕްލައި އަދި ބިއްލޫރިތައް ސާފުކުރުން.
  • މުވައްޒަފުންގެ އެދުތަކުގެ ބެޑްސީޓް ބަދަލުކުރުމާއި އެތަކެތި ދޮވެ ސާފުކުރުން.
  • މުވައްޒަފުން ބޭނުންކުރާ 6 ފާޚާނަ ކޮންމެ ދުވަހަކުވެސް ދޮވެ ސާފުކުރުން.
  • އިމާރާތްތަކުގެ ދޮރުތަކުގެ ދޮރުފޮތިތަކާއި، ސޯފާސެޓް ކުޝަން މަދުވެގެން މަހަކު 2 ފަހަރު ދޮވެ ސާފުކުރުން.
  • ކުލާސްރޫމް ހިމެނޭ އިމާރާތް ކުނިކަހައި ފޮޅައި،  މޮޕްލައި، ފަންކާތައް ސާފުކޮށް އަދި ބިއްލޫރިތައް ސާފުކުރުން.
  • ސެންޓަރުގެ މުވައްޒަފުންނަށް ކައްކައި ކާންހެދުމުގައި އެހިތެރިވެދިނުން އަދި ކައްކެއް ނެތްހާލެއްގައި ބަދިގޭގެ ހުރިހާ މަސައްކަތެއް ކުރުން.
  • ބަކަރި ކޮށި ސާފުކުރުމާއި ބަކަރި ފެންވެރުވުން.
  • ސެންޓަރުގެ ވަށައިގެންވާ 2 މަގު ކުނިކަހައި ވިނަނޮޅައި ބެލެހެއްޓުން.
  • ދަނޑުމަތީގައި ފީލްޑް އޮފިސަރުންގެ ދަށުން މަސައްކަތް ކުރުން. (ބިން ތައްޔާރު ކުރުން، ދަނޑުމަތިން  ވިނަނޮޅުން، ގަސްތަކަށް ފެންޖެހުން، ގަސަތަކަށް ކާން އެޅުން، ގަސްތައް ބެލެހެއްޓުމާއި ގަސް އިންދުމަށް  ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
ޢިނާޔަތްތައް 

ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން

  • އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް، މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް ކޮއްތު ފައިސާގެ ގޮތުގައި -/60ރ. އާއި ޝިފްޓް ޑިއުޓީ އެލަވަންސްއާއި ބަންދުދުވަސްތަކުގައި މަސައްކަތް ކުރުމުން ބަންދު ދުވަހުގެ އެލަވަންސް ލިބޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް 
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ) ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތު ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުން.
  • ސިވލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

މަތީގައިވާ މަގާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތަކަށެވެ.

މަޤާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިހާނު ކުރުން.  މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ. 
ސުންގަޑި: މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 14 އެޕްރީލް 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު:

އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv އިންނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339244 އާ ގުޅުއްވުން އެދެމެވެ.

06 އޭޕްރިލް 2015
ހޯދާ