މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: ޕްލޭނިންގ އޮފިސަރ

މަޤާމުގެ ނަންބަރު: 257882    

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: އެމް. އެސް. 1

މަޤާމުގެ ގިންތި: ދާއިމީ

ސަރވިސް: ޓެކްނިކަލް ސަރވިސް

ބޭނުންވާ އަދަދު: 1 (އެކެއް)         

ވަޒީފާ އަދާކުރަންޖެހޭ ތަނާއިރަށް: މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ

ޔުނިޓް: އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

މަޤާމުގެ މުސާރަ: މަހަކު 5610.00 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު 2000.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

  އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ ބަންދު ދުވަހުގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާފަދަ، ސިވިލް ސަރވިސްގެ ޤަވާއިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ. 

މަޤާމުގެ ޝަރުޠުތައް:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވައިލުމާއި، އެކަމާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.
  2. ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލައި، އެކަމާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  3. ކައުންސިލްގެ އަހަރީ ޕްލޭން އެކުލަވާލައި، އެ ޕްލޭން ތަންފީޒްކުރުމުގެގޮތުން ކަމާގުޅޭ ޔުނިޓްތަކާ ހަވާލުކުރުން.
  4. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ޕްރީ ސްކޫލުގެ ޚިދުމަތްތައް ދިނުމާއި، ބޮޑެތިމީހުންގެ ތަޢުލީމީ ފެންވަރާއި ފަންނީ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
  5. ރަށުގެ ތިމާވެއްޓާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  6. ރަށު ތަރައްޤީއަށް ހިންގާ ތަފާތު ޕްރޮޖެކްޓްތަކަށް ބޭނުންވާ އީ.އައި.އޭ. ހެއްދުމަށް އެދުމާއި، އެކަމާގުޅޭ މަސައްކަތްތައް ކުރުން.
  7. ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތުގައްޔާއި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ޤާއިމްކުރުން.
  8. ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާގޮތުގެމަތިން، ރަށްގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި، ރަށުގެ އެއްގަމު ތޮށްޓާއި، ކަނޑުތޮށި މަރާމާތުކުރުމުގެ ކަންތައް ބެލެހެއްޓުން.
  9. ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާގޮތުގެމަތިން ކަރަންޓާއި ފެނާއި، ފާޚާނާއާއި، ނަރުދަމާގެ ނިޒާމުފަދަ އާންމު ޚިދުމަތްތައް ބެލެހެއްޓުން.
  10. ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް، ފަސިންޖަރުން އުފުލުމުގެ ސެޓްފިކެޓް، ބަރުމަރުކާގެ ސެޓްފިކެޓް، މަސްވެރިކަމުގެ ލައިސަންސު ހަދައި ހަވާލުކުރުން.
  11. އިޖުތިމާޢީ މަރުކަޒުތަކާއި، ކުޅިވަރުކުޅޭ އާންމުދަނޑުތަކާއި، ބިންތައް ބެލެހެއްޓުމާއި، ކުޅިވަރު ވަސީލަތްތަކާއި، އާންމު ޕާކުތަކާއި، މުނިފޫހިފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން.
  12. މަގުމަތީ މީހުން ހިގައިބިނގައި އުޅުމާއި، މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި، އިންޖީނުނުލާ އެއްޗެތި ދުއްވުމުގެ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމާއި، އާންމުންގެ އަތުން ފީނަގައިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ދޭ ޚިދުމަތްތައް، ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުން.
  13. ރަށުގެ ތަރައްޤީއަށް ހިންގޭ އެކިއެކި ޕްރޮޖެކްޓްތަކުގެ ރެކޯޑް ބެލެހެއްޓުމާއި، ތަރައްޤީގެ ޕްރޮޖެކްޓްތަކާ ގުޅޭ މަސައްކަތްތައްކޮށް، އެކަންކަން ބެލެހެއްޓުން.
  14. ރަށުން ދޫކުރެވޭ ބިންތައް، ލޭންޑްޔޫސް ޕުލޭނާ ތަޢާރަޟްނުވާގޮތަށް ރެކޯޑްތައް ބެލެހެއްޓުން.
  15. އިމާރާތާއި ގޯތީގެ ރަޖިސްޓަރީއާއި، ބިމުގެ ރަޖިސްޓަރީއާއި، ރަހުނުގެ ރަޖިސްޓަރީ ހަދައި، ރެކޯޑް ބެލެހެއްޓުން.
  16. ދިރިއުޅުމަށް ދޫކުރެވޭ ގޯތިދޫކުރުމާއި، ވަކިކުރުމާ ބެހޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
  17. ދިރިއުޅުން ފިޔަވައި އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި، ވަކިކުރުމާބެހޭ ކަންތައްތައް ކުރުން.
  18. ރުއްގަހުގެ ބަދަލު ދިނުމާއި، ކަނޑަންޖެހޭ ރުއްގަސް ކެނޑުމާބެހޭ ކަންތައްތައް ބެލެހެއްޓުން.
  19. ގޯތި އިންވަކިކޮށްދިނުމުގައި އެހީތެރިވުން.  
  20. ކައުންސިލް އިދާރާއިން ބަލަހައްޓަންޖެހޭ ބިނާތައް ބެލެހެއްޓުން.
  21. ރަށުކައުންސިލުން ހިންގާ ތަރައްޤީގެ ހަރަކާތްތައް ރާވައި ހިންގުމުގައި އަމިއްލަ ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދައުރުފުޅާކޮށް، އެފަރާތްތަކުގެ ބައިވެރިވުން ހޯދަން މަސައްކަތްކުރުން.
  22. ރަށު ކައުންސިލް އިދާރާގެ ބެލުމުގެދަށުގައި ހުންނަ ފަޅުރަށްތައް ކުއްޔަށްދޫކޮށް، އެގްރިމެންޓް ހަދައިދީ، މޮނީޓަރކޮށް ބެލެހެއްޓުން.
  23. ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާގޮތުގެމަތިން، ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އެހެނިހެން ސިނާޢަތްތައް ކުރިއެރުމަށް އެހީތެރިވެދީ މަސައްކަތްކުރުން.  
  24. ހަވާލުވެފައިވާ މަސައްކަތާ ގުޅިގެން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ހުރިހާ ލިޔެކިޔުމެއް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، އެ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  25. ކޮންމެވެސް ސަބަބަކާހުރެ އެހެން މުވައްޒަފަކު ހާޒިރުނުވާ ދުވަހެއްނަމަ، އެ މުވައްޒަފެއްގެ މަސައްކަތް، ޒިންމާދާރުވެރިޔާ ހަވާލުކުރާ އުޞޫލެއްގެމަތިން ކުރުން.
  26. އިދާރާގެ މުވައްޒަފުން ކުރާ މަސައްކަތްތަކުގައި އެހީތެރިކަމަކަށް އެދިއްޖެނަމަ، އެ އެހީތެރިކަން ފޯރުކޮށްދިނުން.
  27. ރަށު ކައުންސިލުގެ އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކާއި، ރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތްތުގެ ދާއިރާއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.  

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:  

 1- ލިބިފައިވާ ތަޢުލީމާއި ތަމްރީން.

 2- ވަޒީފާއާ ގުޅޭ ދާއިރާއިން ހޯދާފައިވާ ތަމުރީނާއި، ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

 3- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަވިޔު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލް އިދާރާގައެވެ. އިންޓަވިއު އޮންނަ ދުވަހާއި ގަޑިއާއި ތަނާބެހޭ މަޢުލޫމާތު، މަސައްކަތު 5 ދުވަހުގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް މި އިދާރާގެ ކޯޕަރޭޓިވް އެފެއާޒުން އަންގާނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚު:  

2015 އެޕްރީލް 13 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

1-  ފުރިހަމަކޮށްފައިވާ ސިވިލްސަރވިސް ވަޒީފާއަށް އެދޭ އެފްލިކޭޝަން ފޯމް (އެފްލިކޭޝަން ފޯމް، ރަށު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކުރިޑޭޓްކޮށް، އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

3- ސަރުކާރަށް ނުވަތަ ސިވިލްސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފަކު ރ. އިނގުރައިދޫ ކައުންސިލް އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިއުން.

4- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

5. ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ) (ސިވިލް ސަރވިސް ކޮމިޝަނުގެ ނަމޫނާގައިވާގޮތަށް)

7. މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މި މަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ ރަނގަޅު ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމަށް މުވައްޒަފަކު ހޯދުމަށް މީގެ ކުރިން ކުރެވިފައިވާ މި އިދާރާގެ ނަންބަރު IUL)309-CBF/309/2015/25) (ފެބުރުވަރީ 18، 2015) ގެ އިޢުލާނަށް ޝަރުޠު ހަމަވާ ފަރާތަކުން ކުރިމަތިލާފައި ނުވުމުން، އެ އިޢުލާނު ވަނީ ބާޠިލުކުރެވިފައެވެ.     

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

12 ޖުމާދަލްއާޚިރާ 1436

01 އޭޕްރިލް 2015
ހޯދާ