މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން ސިޓީފަދަ ތަކެތި ބަހައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިމިނިސްޓްރީން އެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީ، ކާޑު ފަދަ ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި، އެފަރާތްތަކަށް ރައްދުކޮށްދޭނެ ފަރާތެއް ހޯދުމަށް މިމިނިސްޓްރީގެ ނަންބަރު IUL)88-FS/88/2015/09) އިޢުލާނުން ހުޅުވާލި ފުރުޞަތާ ގުޅިގެން އެކަމަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، ކޮންޓްރެކްޓް އުސޫލުން މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 11:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

13 ޖުމާދަލްއާޚިރާ 1436

02 އޭޕްރިލް 2015
ހޯދާ