އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތަކާ ބެހޭ

އައްޑޫސިޓީ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތަކާގުޅޭ

އައްޑޫސިޓީގެ މަގުތައް މަތީގައި ދުއްވާ އެއްޗިއްސާއި ހިނގާ މީހުންނަށް އުނދަގޫވާގޮތަށް ވެހިކަލްތައް ޕާކުކޮށްފައި ހުންނަކަން މިއިދާރާއަށް ފާހަގަ ކުރެވެއެވެ. އަދި ބައެއް ގަރާޖްތަކުގެ ކުރިމަތީގައާއި އެހެނިހެން އިމާރާތްތަކުގެ ކުރިމަތީގައި ހަލާކުވެފައިވާ ވެހިކަލްތައްވެސް ގިނަދުވަސްތަކެއްވަންދެން ހުންނަކަން ފާހަގަކުރެވެއެވެ.  

ވުމާއެކު، ޢާންމު ފަރާތްތަކަށާއި ދުއްވާ އެއްޗިއްސަށާއި ހިނގާ މީހުންނަށް ދަތިވާގޮތަށް އެއްވެސް ވެހިކަލެއް ޕާކުކުރުމަކީ އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދުގެ ދަށުން މަނާކަމެކެވެ. އަދި މިދެންނެވި ގޮތަށް ގަވާއިދާ ޚިލާފަށް ބަހައްޓާފައިހުރި އުޅަނދުތައް މިއަދުން ފެށިގެން 07 ދުވަހުގެ ތެރޭގައި ވެހިކަލްތަކުގެ ވެރިފަރާތުން ނެންގެވުމަށް ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. މިމުއްދަތުގެ ތެރޭގައި ނުނަގާ ހުންނަ ވެހިކަލްތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު މިގަވާއިދުގެ 6 ވަނަ މާއްދާގެ ހ.ގެ ދަށުން ޓޯވް ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

13 ޖުމާދަލްއާޚިރާ 1436

02 އޭޕްރިލް 2015
ހޯދާ