މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކުގެ ވަށައިގެން ފެންސް ޖެހުން

ކުޑަކުދިންގެ ޕާކުގެ ވަށައިގެން ފެންސް ޖެހުން

މި އިދާރާއިން ދައްކާ ނަމޫނާއާ އެއްގޮތަށް މިރަށުގެ ކުޑަކުދިންގެ ޕާކުގެ ވަށައިގެން ފެންސް ޖަހަން ބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިން ދައްކާ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަމިއްލަ ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ ކޮންޓްރެކްޓް މަސައްކަތްކުރާ ފަރާތެއްކަން އެނގޭނެ ރަސްމީ ލިޔުމަކާއެކު އައި.ޑީ ކާޑުގެ ފޮޓޯކޮޕީއެއް، އަދި ކުންފުންޏަކުން ހުށަހަޅުއްވާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި ޖީ.އެސް.ޓީ ރަޖިސްޓަރީގެ ކޮޕީއެއް އަންދާސީހިސާބާއެކު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. ހުށަހަޅުއްވާ އަންދާސީހިސާބުގެ ސިޓީއުރައިގެ ބޭރުގައި "ކ.ތުލުސްދޫ ކުޑަކުދިންގެ ޕާކުގައި ފެންސް ޖެހުން" މިހެން ލިޔުއްވާފައިވާ އޮންނަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10 ޖުމާދަލްއާޚިރާ 1436

30 މާރިޗު 2015
ހޯދާ