ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ޑޭޓާ އެންޓްރީ (ވަގުތީ)

5

ބޭނުންވާ އަދަދު:

ޑޭޓާ އެންޓްރީ (ވަގުތީ)   

މަޤާމު:

ގަޑިއަކަށް -/35 ރުފިޔާ (ހެނދުނު 8:00 އިން ހަވީރު 3:00 އަށް)

މުސާރަ:

3 މަސް  

މަސައްކަތުގެ މުއްދަތު

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް:

ޑިމޮގްރަފިކް އެންޑް ސޯޝަލް ސްޓެޓިސްޓިކްސް.

ސެކްޝަން:

   1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ،

   2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

   3. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ،

މަޤާމުގެ ޝަރުޠުތައް:

   1. ބޯހިމެނުމުގެ މައުލޫމާތުތައް އެޑިޓް ކޮށް ޗެކްކުރުމުގެ މަސައްކަތް ކުރުން.

   2. ބޯހިމެނުމުގެ މައުލޫމާތުތައް ކޯޑުދިނުމާއި، ކޮންޕިއުޓަރަށްލުމުގެ މަސައްކަތްކުރުން.

   3. ބޯހިމެނުމުގެ ޑޭޓާ ޕްރޮސެސިންގއާ ގުޅިގެން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

   1. ބޯހިމެނުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެފައިވުން.

   2. ވަޒީފާގެ ދާއިރާގެ މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު.

   3. މަސައްކަތުގައި ގިނަ ވަގުތު އުޅެވޭނެ މުވައްޒަފުން.

   4. މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.

   5. ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ޤާބިލުކަން ހުރި މިންވަރު.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

މިމަޤާމަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުޠުހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު ކުރުން 14 އިން 16 އެޕްރީލް 2015 އާ ދެމެދު މާލޭގައި އޮންނާނެއެވެ.

އިންޓަރވިއުކުރުމާއި، އަދި އިމްތިޙާން ކުރުން

    1. ވަޒީފާއަށް އެދޭ ފޯމު

    2. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

    3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން)

    4. އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

    5. ވަޒީފާއަށްއެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ

    6. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ހުށަހަޅަންޖެހޭ ލިޔުންތައް:

08 އެޕްރީލް 2014 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރއިން ލިބިވަޑައިގަންނަވާނެ. މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349395 ނުވަތަ 3349388 ނަންބަރު ފޯނާއެވެ.

އިތުރު މަޢުލޫމާތު:

01 އޭޕްރިލް 2015
ހޯދާ