ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޢިމާރާތެއްގެ ބިޑް ޑޮކިޔުމަންޓް އެކުލަވާލާނޭ ފަރާތެއް ހޯދުމަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ ހދ. ކުޅުދުއްފުށީ ކެމްޕަހުގައި ބިނާކުރުމަށް ގަސްދުކުރާ ޢިމާރާތެއްގެ ބިޑް ޑޮކިޔުމަންޓް އެކުލަވާލާނޭ ފަރާތެއް ހޯދުމަށް ކުރި ނަންބަރު MNU-CA-PR/2015/129ފ(09 މާރިޗު 2015) އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، ޔުނިވަރސިޓީން އެކުލަވާލާފައިވާ ޢިމާރާތްކުރުމާ ގުޅޭ ޑްރާފްޓްތަކެއްގެ މައްޗަށް ބިނާކޮށް މިމަސައްކަތް ކޮށްދެއްވަން އެދޭ ފަރާތްތަކުން 06 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ގަޑި ފިޔަވައި އެހެން ގަޑިއެއްގައި މަޢުލޫމާތު ކަރުދާސް ދޫކުރެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 09 އެޕްރީލް 2015 ވާ ބުރާސްފަތި 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.

09 ޖުމާދަލްއާޚިރާ 1436

29 މާރިޗު 2015
ހޯދާ