ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
ދެބުރި ޢިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ނިންމުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ދެބުރި ޢިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުން

މި ސްކޫލުގެ ޢިމާރާތް ކުރަން ފަށާފައިވާ 6 ކްލާސްރޫމް ޢިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް، މި ސްކޫލުން ދޭ ކުރެހުންތަކާއި ކޮންޓްރެކްޓް އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ގަޑިތަކުގައި މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލުގެ ލައިބުރަރީގައެވެ.

މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ސޮފްޓް ކޮޕީގެ ގޮތުގައި ބިޑް ޑޮކިއުމެންޓްތައް ފޯރުކޮށްދެވޭނެއެވެ. އެހެންކަމުން، ބައްދަލުވުމަށް ވަޑައިގަންނަވާއިރު ސޮފްޓްކޮޕީ އެޅޭނެފަދަ ވަސީލަތެއް (ޕެންޑުރައިވް ނުވަތަ ހާޑްޑިސްކެއް ފަދަ އެއްޗެއް) ގެންނެވުމަށް ހަނދުމަކޮށް އަރުވަމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުށަހެޅުމުގެ ބައްދަލުވުން

2015 އެޕްރީލް 08 ވާ ބުދަ ދުވަހުގެ 10:00

2015 އެޕްރީލް 20 ވާ ހޯމަ ދުވަހުގެ 10:00

އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ މި ސްކޫލުގެ ބިޑް އިވެލުއޭޝަން ކޮމިޓީން އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުމުން އެފަރާތުން ލިބޭ މަޝްވަރާގެ މަތިންނެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

10 ޖުމާދަލްއާޚިރާ 1436

30 މާރިޗު 2015
ހޯދާ